ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ފެނުނީ ދުނިޔޭގެ އަޣުލަބިއްޔަތުން ފަލަސްތީނަށް ތާއީދުކުރާ ކަމުގެ އިތުރު ނިޝާނެއް: ޒަމީރު

ޙާރިޖީ ވަޒީރު ރަސްމީދަތުރު ފުޅެއްގައި އެމެރިކާއަށް ފުރައިވަޑައިގެންފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ މެންބަރުކަން ލިބުނު ޤަރާރަށް ރާއްޖެއިން ތާއީދު ކުރި ކަމަށާއި ފެނިގެން ދިޔައީ ދުނިޔޭގެ އަޣުލަބިއްޔަތުން ފަލަސްތީނުގެ މަސައްކަތަށް ތާއީދުކުރާ ކަމުގެ އިތުރު ނިޝާނެއް ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އދ ގެ އާއްމު މަޖިލީހުގައި ޑަބްލިޔު.އެޗް.އޯ ގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނަށް ދިނުމާއި ގުޅޭ ގަރާރު ފާސްކޮށްފައިވަނީ 101 މެންބަރުންގެ ވޯޓުންނެވެ.

ޑަބްލިޔު.އެޗް.އޯ ގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނަށް ދިނުމާއި ދެކޮޅަށް 5 ގައުމަކުން ވޯޓު ދީފައިވާއިރު 21 ގައުމަކުން ވަކި ގޮތަކަށް ވޯޓު ނުދިނުމަށް ވަނީ ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ އިއްޔެ ވޯލްޑް ހެލްތު އެސެމްބްލީގައެވެ.

ރައީސް މުއިއްޒު މި ނިންމުމަށް ޒަމީރު ވިދާޅުވެފައިވަނީ 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ޑަބްލިޔު.އެޗް.އޯ ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބޭ ގޮތަށް ނިންމުމުން ރާއްޖެއިން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ޒަމީރު ”އެކްސް“ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޑަބްލިޔުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ދޭން ނިންމި ނިންމުމަކީ ދުނިޔޭގެ އަޣުލަބިއްޔަތުން ފަލަސްތީނުގެ މަސައްކަތަށް ތާއީދުކުރާ ކަމުގެ އިތުރު ނިޝާނެއް ކަމަށާއި ފަލަސްތީނުގެ ދައުލަތަށް މިހާރު ބަޔާން ދިނުމާއި، ހުށަހެޅުންތަކާއި އިސްލާހުތައް ހުށަހެޅުމާއި ކޯ ސްޕޮންސަރ ކުރުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށް ކަމުގައިވާ، މިނިވަން އަދި އިސްތިގުލާލީ ދައުލަތެއްގެ ގޮތުގައި ފަލަސްތީން ގާއިމްކުރުމަށާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށެވެ. އަދި ފަލަސްތީނަށް މެންބަރުކަން ދޭ ޤަރާރަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކޮށްފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: