ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައި ޗެމްބާރ އޮފް ކޮމާސް އަދި އިކޮނޮމިކް މިނިސްޓްރީއިން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި!

ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތައިލެންޑްގެ ޗެމްބާރ އޮފް ކޮމާސްގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކުރެއްވި ވަފުދަށް އިކޮނޮމިކް މިނިސްޓްރީއިން ބްރީފިންގްއެއް ބާއްވައިފިއެވެ.

މިނިސްޓްރީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތޮ ރާއްޖެއަށް ޒިރާޔަތްކުރެއްވި ތައިޗެމްބާރ އޮފް ކޮމާސްގެ މެމްބަރުންނަށް ބްރީފިންގްއެއް ކުރިއަށް ގެންގޮސްފައިވަނީ އެ މިނިސްޓްރީއިން އަދި ތައިލެންޑުގެ ޗެމްބާރ އޮފް ކޮމާސް ގުޅިގެންނެވެ. އަދި މި ބައްދަލުވުން ކުރިއަށް ގެންދިޔައި ކްރޮސްރޯޑްސް ރިސޯޓުގައިކަމަށްވެސް ބުނެފައިވާއިރު، ބްރީފިންގް ދިނުމުގެ މަގުސަދަކީ ބައިވެރިންނަށް ސަރުކާރުގެ ތަރައްގީގެ ވިސްނުންތައް ހިއްސާކޮށް އިންވެސްޓުކުރުމަށް ހުޅުވިފައިވާ ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު މުއްސަނދިކުރުންކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީއިން ބުނެފައިވާގޮތުން މި ބައްދަލުވުމުގައި 170 އަށްވުރެ ގިނަ އެ ގައުމުގެ ވިޔަފާރި އާއި ގުޅުން ހުރި އޮފިޝަލުން ބައިވެރިވިކަމަށެވެ. އަދި އެކި ދާއިރާތަކާއި އެކި ފަންތިތަކުގެ މެމްބަރުން މި ބައްދަލުވުމުގައި ބައިވެރިވިކަމަށްވެސް ބުނެފައިވެއެވެ.

މިއީ ތައިލެންޑުގެ އިގްތިސާދީ ވުޒާރާއާއި ޗެމްބަރ އޮފް ކޮމާސް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށްވެސް މައުލޫމާތު ދީފައިވާއިރު އަހަރީގޮތުން ބާއްވާ މި ބައްދަލުވުމަށް ތައިލެންޑްގެ އެކި ކަންކޮޅުތަކުން ވިޔަފާރިވެރިން އަންނަކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: