ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ގަސް އިންދުމުގެ ޕްރޮގުރާމް“އަކީ ސްޓެލްކޯއާއި ގުޅުންހުރި ކަމެއް: ފަހުމީ

ކ، ތުލުސްދޫގައި ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގުރާމްގެ ތެރެއިން: ފޮޓޯ ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ތީމާވެށި ދުވަހާ ގުޅިގެން ކުރިއަށް ގެންދާ “ ގަސް އިންދުމުގެ ޕްރޮގުރާމް “ އަކީ ސްޓެލްކޯއާއި ގުޅުންހުރި ކަމެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން ފަހުމީ ވިދާޅުވެެއްޖެއެވެ.

ތިމާވެށި ދުވަހު ސްޓެލްކޯގެ ފަރާތްތުން  ގަސް އިންދުމުގެ ޕްރޮފުރާމްގައި ބައިވެރިވުމަށް  ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، މި ފަސް އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދުމުގެ މަސައްކަތް، ރައީސްގެ ވައުދުފުއްދުމަށްޓަކައި ސްޓެލްކޯއިން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށެވެ. ސްޓެލްކޯއިން މި މަސައްކަތުގައި ބައިވެރި ވުމަށް އިސްނެގުމުގެ ސަބަބަކީ ސްޓެލްކޯއިން ރައްޔިތުންނަށް ދެއްވާ ޙިދުމަތާއި ތިމާވެއްޓާއި ވަރަށް ބޮޑަށް ގުޅުން ހުރުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

“ ސްޓެލްކޯއިން މި މަސައްކަތަށް މިހާބޮޑަށް އިސްނަގައިގެން އުޅޭ އެއް ސަބަބަކީ، އެއް ކަމަކީ، އަޅުގަނޑުމެން މި ދޭ ޙިދުމަތާއި ވަރަށް ބޮޑަށް ގުޅުން އެބަހުރި ތިމާވެއްޓާއި، އަޅުގަނޑުމެންގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރު ކުރާކަން އަޅުގަނޑު ބޭނުމެއްނޫން… އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތް މިހާ ބޮޑަށް އިސްނަގައިގެން ކުރިއަށް މި ގެންދަނީ.. ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މި 5 އަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން 5 ލައްކަގަސްއިންދުމުގެ ޕްރޮގުރާމެއް މިއަދު ފެށިގެން މި ދަނީ “ ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން ތިމާވެށި ދުވަހު ފެށިގެންދާ ދިއުމަކީ ގަސް އިންދުމުގެ ފެށުން ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި ގަސްއިންދާ ތަފުސީލާއި، ގަސް އިންދާ ރަށްތަކާއި ގަސް އިންދާ ތަންތަނުގެ ތަފާތު ހިސާބުތައް ސްޓެލްކޯ، މިނިސްޓއރީ އާއި އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދެމުންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. މީގެ އިތުރުން ފަހުމީ ވިދާޅުވީ، މިއަދު އިންދާ ގަހުގެ ފައިދާ އެ ބޭފުޅުންނަށް ނުކުރި ނަމަވެސް ގަބޫލުކުރާ ގޮތުގައި އެކަމުގެ ފައިދާ މިހާރުގެ ތުއްތު ކުދިންނަށް ކުރާނެ ކަމަށާއި އަދި އަންނަށް އޮތް މުސްތަޤު ބަލަށްޓަކައި ކުރެވޭ “ އިންވެސްޓެއް“ ގޮތުގައި ދެކޭ ކަމަށެވެ.

ތިމާވެށިދުވާހައި ގުޅިގެން 33 ރަށެއްގައި އާއި އަދި މާލޭގެ ޕަވާ ހައުސިންގައި ގަސް އިންދުމުގެ ޕްރޮގްރާން ކުރިއަށްދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ޖުމްލަ ގޮތެއްގައި 27،000 އާއި ގާތްކުރާ އަދަދަކަށް ގަސް އެ ރަސްމިއްޔާތު 6 ޖެހުމުގެ ކުރިއަށް އިންދިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ފަހުމީގެ ވާޙަކަ ނިންމާލަމުން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށާއި ތުލުސްދޫ ކައުންސިލުން ދެއްވި އެއްބާރުލުމަށް ވަނީ ޝުކުރުއަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: