ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެސްއައިޕީ މަޝްރޫއުތަކަށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

ރިންގް ރޯޑްތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރު ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިކަން ހާމަވަވީ ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުންނެވެ. އެގޮތުން ނިމިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތަކަށް 2.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި 4.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.7 ބިލިއަން ރުފިޔާ މަދު އަދަދެއްކަމަށްވާއިރު، މިއީ 56 އިންސައްތައިގެ ދަށްވުމެކެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް މި އަހަރު ކޮށްފައިވަނީ ބިން ހިއްކުުގެ މަޝްރޫއުތަކަށެވެ. އެގޮތުން 541.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ޖުމްލަ 230.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މަގު ހެދުމުގެ މަޝްރޫއުތަކަށް 174.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ހާބަރު މަޝްރޫއުތަކަށް 172.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މީގެ އިތުރުން ބްރިޖު މަޝްރޫއަށް މި އަހަރު ވަނީ 108.4 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: