ޔޫތް މިނިސްޓްރީން މި އަހަރުގެ ޒުވާނުންގެ އެވޯޑަށްނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
17 ދާއިރާއަކުން އެވޯޑު ދިނުމަށް ހަމަޖެހިފައިވާއިރު، މިނިސްޓްރީން ބުނީ އެޕްލިކޭޝަން ފޯމުތައް ގޫގުލް ލިންކު އަދި ސޯޝަލް ސެންޓަރުގައި ހުންނަ މިނިސްޓްރީގެ އިދާރާއިން ވެސް ބަލައިގަންނާނެ ކަމަށެވެ.
އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މިނިސްޓްރީން ބުނެފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން ފެށިގެން މެންދުރުގެ 13:30 އަށް ފޯމުތައް ބަލައިގަންނަމުންދާނެ ކަމަށެވެ.
އޮންލައިންކޮށް ފޯމު ހުށަހެޅުމަށް މެއިލް ކުރަން ޖެހޭނީ އަށެވެ. މި އެވޯޑަކީ ތަފާތު ދާއިރާއަކުން، ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ ހާއްސަ ހަފްލާއެކެވެ.
ޔޫތް މިނިސްޓްރީން އިއްޔެ ގެޒެޓުގައި އާންމު ކުރި އިއުލާނުގައި ވަނީ މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު މަހުގެ 12 ގައި ކަމަށެވެ.

