ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ސަރުކާރުގެ ހަރަދުގައި ހައްޖަށްދާ 50 މީހުން ފުރައިފި

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށް ދިޔަ ބައެއް ހައްޖާޖީން ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓްގައި / ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ދަޢުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ފޮނުވާ 1000 ފަޤީރުންގެ ތެރެއިން 1445 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ކަނޑައަޅައި ނިމި އެފަރާތްތަކުގެ މަޢުލޫމާތުވާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ހިއްސާ ކުރެވިފައިވާކަން ހާމަކޮށްފިއެވެ.

50 މީހުން ހޮވާފައިވާނީ އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގެންދެވުނު ލައިވް އިވެންޓެއްގައި ގުރުއަތުލުމަކުންނެވެ. ޖުމްލަ 60 މީހުންގެ ގުރުއަތެއް އެދުވަހު ނަގާފައިވާއިރު، އެއީ 1445 ވަނަ އަހަރު ޙައްޖަށް ދާން ގުރުއަތުން ހޮވުނު 50 (ފަންސާސް) ފަރާތާއި ގުރުއަތުން ހޮވޭ ފަރާތަކުގެ ތެރެއިން އެއްވެސް ސަބަބަކާއި ހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ޖާގަ ދޭނެ އިތުރު 10 (ދިހަ) ފަރާތެއް ހިމެނޭ ގޮތަށެވެ.

ފުރަތަމަ ޖާގަ ލިބުނު 50 ފަރާތުގެ ތެރެއިން އުޒުރުވެރިވެގެން 10 ފަރާތުން ވަނީ ޖާގަ މިއަހަރަށް ދޫކޮށްލާފައެވެ. އެހެންކަމުން ލިސްޓްގެ ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި 10 ފަރާތަށް އެ ފުރުސަތު ވަނީ ދެވިފައިކަމަށް މިނިސްޓްރީއިން ބުނިއެވެ.

މި 50 ފަރާތްތަކުގެ ތެރެއިން އަތޮޅުތެރޭ ތިބި ފަރާތްތައް މާލެ ގެނައުމާއި ކެއުމާ ބުއިމުގެ ޚަރަދު އަދި ޙައްޖު ދަތުރު ނިމި އެބުރި ރަށަށް ފޮނުވުމުގެ ޚަރަދު  ދަޢުލަތުގެ ފަރާތުން މިހާރުވާނީ ހަމަޖައްސާފައެވެ. 31 މެއި 2024 ގައި ފުރި ފުރަތަމަ ފްލައިޓުގައި މި 50 ފަރާތުގެ ތެރެއިން 01 ފަރާތް އަދި 03 ޖޫން 2024 ގައި ފުރި ދެވަނަ ފްލައިޓުން 01 ފަރާތާއެކު ޖުމްލަ 02 ފަރާތެއް މިހާރު ތިބީ ސަޢުދީ ޢަރަބިއްޔާގައެވެ.

ބާކީ ތިބި 48 ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2024 ވާ ހުކުރު ދުވަހު ފުރާ މޯލްޑިވސް ޙައްޖު ކޯޕަރޭޝަނުގެ ތިންވަނަ ފްލައިޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރައްޔިތުންގެ ފައިސާއިން ވަކިވަކިފަރުދުންނަށް ބޮޑެތި އަދަދުތަކުން ޙަރަދުކުރުމުގެ އެއްވެސް ބާރެއް ރައީސަކަށް ނޯންނާނެ. ރައްޔިތުންގެ ކަންކަމަށް ޙަރަދު ކުރަންވީ. ހައްޖުވާޖިބު ވަނީ އެކަމަށް ހުރިހާގޮތަކުން ކުޅަދާނަކަން ލިބިގެންވާމީހާ. މިއީ ﷲ ގެއަމުރުރުފުޅު. މިއަމުރުފުޅު މިގޮތަށް ކަނޑައެޅުއްވިއިރުވެސް މާކުރިން ﷲ ދެނެވޮޑިގެންވޭ ޒަކާތުފަންޑުގަ އާ ބައިތުލްމާލުގަ މިއަދުފައިސާ ހުންނާނެކަންވެސް. އެކަމަކު އެންގެވީ ގުރުއަތުންހޮވޭބަޔަކު ބައިތުލްމާލުން ހައްޖަށް ފޮނުވުމަކަށްނުން. ކުޅަދާނަ ކަންލިބިގެންވާ 50 މީހުން ބާކީކޮޑްލީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: