ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަރުކާރުގެ އިސްވެރިން ހިމެނޭގޮތަށް މަސްރޭހެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސަރުކާރުގެ އިސްވެރިން ހިމެނޭގޮތަށް މަސްރޭހެއް ފަށައިފިއެވެ.

ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހަކީ ޖޫން 8 ވަނަ ދުވަހެވެ. އެ ދުވަހާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ. އެގޮތުން މިއަދު މެންދުރު 3:00 އިން ފެށިގެން މިރޭ 9 ޖަހަންދެން ކުރިޔަށް ގެންދާ މަސްރޭހުގައި ކެބިނެޓްގެ ވަޒީރުންގެ ޓީމާއި އެހެނިހެން މުއައްސަސާތަކުގެ ޓީމުތައް ވަނީ ބައިވެރިވާން ވަނީ ނިންމާފައެވެ. އެގޮތުން މަސްރޭހުގައި ޖުމްލަ 29 ޓީމަކުން ބައިވެރިވެފައިވާކަމަށް މިނިސްޓްރީގެ ފަރާތުން ވަނީ ބުނެފައެވެ.

300 ބައިވެރިންނާއި އެކު މަސްރޭސް ނިންމާލުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 9:30 ގައި ހުޅުމާލޭ ލަކުނޑީ ޖެޓީގައެވެ.

ކަނޑުތަކުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ވެސް އެ ވުޒާރާއިން ވަނީ ބާއްވާފައެވެ. އަދި ކުޑަކުދިންނަށް ޑައިވް ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ.

“ޑިސްކަވަރ ޑައިވް” ގެ ނަމުގައި އިވެންޓެއް މިއަދު ހެނދުނު 8:00 ގައި ވިލިމާލެ ބީޗް ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި އިވެންޓުގައި ބައިވެރިވެފައިވާ އުމުރުފުރައަކީ 8 އަހަރާއި 15 އަހަރުކަމަށް މިނސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

މީގެއިތުރުން ހޮނިހިރު ދުވަހު ކަނޑުރޯދި އުފާ ފެސްޓިވަލްއެއް ހުޅުމާލެ ޕުރަތަމަ ފިޔަވާހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެ އިވެންޓަކީ ހެނދުނު 9:00 ފެށިގެން ހަވރު 18:00 ހަމައަށް ކުރިއަށް ގެންދާނެ ފެސްޓިވަލެއް ކަމަށް ވަނީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: