ސަރުކާރުންދޫ ކުރާ މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ދޭ ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓް މާދަމާ ޢިއުލާންކުރާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެ ވުޒާރާއިންކުރި ޢިޢުލާންނުގައި ބުނެފައިވަނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ލިސްޓް ޢިޢުލާނުކުރާއިރު، ލޯނަށް އެދި ހުށައަޅައި މައިއެޑިޔު ޕޯޓަލް މެދުވެރިކޮށް ދަރިވަރުންއަށް އިނގޭނެ ކަމަށާއި އެޕްލިކޭޝަން ސްޓޭޓަސްއަށް އައި ބަދަލު އީމެއިލް މެދުވެރިކޮށް އެނގިލައްވާނެ ކަމަށެވެ. އަދި ސްޓޭޓަސް ބަދަލުވެގެން ދާއިރު އެއްވެސް ފަރާތްތަކު ޑިސްކޮލިފައި ވެފައިވާނަމަ ޑިސްކޮލިފައިވި ސަބަބުން އެނގޭނެކަމަށް އެ ވުޒާރާއިން ކުރި ޢިއުލާނުގައި ވެއެވެ. އަދި އެ ޝަކުވާ ހުށައަޅަން ބޭނުންނަމަ ޝަކުވާ ހުށައެޅުމުގެ ފުރުސަތު 27 ޖޫން 2024ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
މިިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުޠުހަމަވާ ދަރިވަރުންގެ ތެރެއިން ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލިއިރު އެ ވުޒާރާއިން އިޢުލާނުކުރި 500 ފުރުޞަތަށްވުރެ ގިނަވެގެންދާނެ ކަމަށް ޢިއުލާނުގައި ވެއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ މި އަހަރު ލޯނަށް އެދި 1،709 ދަރިވަރުން ކުރިމަތިލި ކަމަށެވެ.

