ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ރުހުން ނުދީ ހިފެހެއްޓި ތިން ވަޒީރުންނަށް ރުހުންދީފި

މަޖިލިސްގެ މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ތިއްބެވި މެންބަރުން ރުހުން ނުދިން މި ސަރުކާރުގެ 3 ވަޒީރުންނަށް 20 ވަނަ މަޖިލީހުން ރުހުންދީފިއެވެ.

އެމްޑީޕީގެ މެޖޯރިޓީއެއް އޮތް 19 ވަނަ މަޖިލީހުން ގިނަ ދުވަސް ވަންދެން، ވަޒީރުންނަށް ރުހުން ދިނުން ހިފެހެއްޓުމަށް ފަހު ވޯޓަށް އަހަން ތާވަލު ކުރި ދުވަހު ހަމަނުޖެހުންތައްވެސް ހިނގިއެވެ. އަދި އެމްޑީޕީއާއި، ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން އެކަމާ ދެކޮޅަށް ސަރުކާރުގެ މެމްބަރުން ވަނީ އަޑުއުފުލައި ޒާތީ ނިޔަތެއްގައި ހިންގާ އެފަދަ އަމަލަކަށް ފުރުސަތު ނުދޭނެކަމަށް ބުނެފައެވެ.

މި ތިން ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރުމުން، އެކަމަށް ވެސް އެމްޑީޕީ ދެކޮޅު ހެދިއެވެ. އަދި ވަޒީރުންނަށް ރުހުން ދިނުން ތާވަލު ނުކޮށް ދައުރު ނިމިގެން ދިޔައީއެވެ.

ތިން ވަޒީރުންގެ ނަން ދިރާސާ ކުރުމަށް 20 ވަނަ މަޖިލީހުން ފޮނުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ. ކޮމިޓީން ވަނީ މައްސަލަ ދިރާސީ ކުރުމަށް ފަހު ތިން ވަޒީރުންގެ ވަޒީރުކަމުގެ ޝަރުތު ހަމަވާކަމަށާއި މައްސަލައެއް ނެތް ކަމަށް ބަލައި ރުހުން ދިނުމަށް ފާސްކޮށްފައެވެ.

ޖަލްސާ ތާވަލު ނުކުރެވި ދުވަސްތަކަށް ފަހު ބޭއްވި ޖަލްސާގައި، މެމްބަރުން ނިންމީ ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށެވެ. އެއީ ބަންޑާރަ ނައިބު އަހުމަދު އުޝާމްއާއި، ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިއަދުގެ ޖަލްސާގައި އުޝާމަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ އިއްތިފާގުންނެވެ. ޝަހީމަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާގުންނެވެ. ހައިދަރަށް ރުހުން އޮތް ކަމަށް 81 މެންބަރުން ވޯޓު ދެއްވިއިރު އޭނާއަށް ރުހުން ދިނުމާ ދެކޮޅަށް ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ.

މި ތިން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހިއިރު މަޖިލީހުގެ ތަޅުމުގައި 89 މެންބަރުން ތިއްބެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: