ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކުރެވޭ އެއްވެސް ޖޫރިމަނާއަކީ ބާރު ހުރި އެއްޗެއްނޫން: މޭޔަރ އާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކުރެވޭ އެއްވެސް ޖޫރިމަނާއަކީ ބާރު ހުރި ޖޫރިމަނާއެއް ނޫންކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ ކުރާ ޖޫރިމަނާތަކަކީ ބާރު ހުންނަން ޖެހޭ ޖޫރިމަނާ ތަކެއް ކަމަށެވެ. ސަބްސިޑީ ދިނުމާއި، ޖޫރިމަނާ މާފު ކުރުމާއި އަދި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ހިންހަމަ ޖެއްސުމަށްޓަކައި ބައެއް މަސައްކަތް ކުރާ ކަމަށާއި އަދި މަޝްހޫރުކަން ހޯދުމަށް މަސައްކަތް ކޮށްގެން ދައުލަތް ނުހިފެހެއްޓޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ގާނޫނާއި ގަވައިދު ތަންފީޒު ނުކޮށް ދައުލަތް ހިފަހައްޓަން ރައްޔިތުން ބޭނުން ނުވާކަމަށެވެ.

”އަޅުގަނޑު ދެކޭ ގޮތުގައި ހުރިހާ އެންމެން ވިސްނަންވީ ކަމަކީ ހުރިހާ އެންމެން ޕްލީޒް ކުރަން ގައުމު ހަލާކުނުކޮށްލެވޭނެއޭ. އަދި މަދު މީހުން ކޮޅެއް ޕްލީޒް ކުރަން. މިސާލަކަށް ބުނާނަމަ އަޅުގަނޑު ދެކޭ ގޮތުގައި 400 އަށްވުރެ ގިނަ މީހުން އަޅުގަނޑުމެންނަށް ޖޫރިމަނާ ކުރެވިއްޖެ. އަދި އަޅުގަނޑުމެން ޑިޕޯޓް ކުރަން ހަވާލުކޮށްފައިވޭ. މިހާރު ބުނާނަމަ ޓްރާންސް ޕޯޓް މިނިސްޓަރ އަޅުގަނޑާއެކު ވަރަށް ރަނގަޅަށް ވޯކް ކުރޭ. ހޯމް މިނިސްޓަރ ވަރަށް ފަސޭހައިން ވޯކް ކުރޭ އެބަ އަޅުގަނޑުމެންނާއެކީ. ބޭނުންވާ ކަންކަން އެކޮމޮޑޭޓް ކުރަން މަސައްކަތް ކޮށްދެއްވާ. ގާނޫނީ ގޮތުން އެބަހުރި އުނދަގުވާ ކަންކަންވެސް، އެކަމަށްވެސް މަސައްކަތް ކޮށްދެއްވާ“

އާޒިމް ވިދާޅުވީ ގިނަ މިނިސްޓަރުންގެ އެއްބާރުލުން އެކި މަސައްކަތް ތަކުގައި ލިބުމަކީ ސަރުކާރުން ކަންކަން ރަނގަޅުކުރުމުގެ ވިސްނުން ހުރުން ކަމަށެވެ. އާޒިމް ވިދާޅުވީ މިކަމުގައި ފުލް އެހީތެރިކަމެއް ބޭނުންވާ ކަމަށާއި އަދި ހަމައެއާއިއެކު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރާވެސް ބައްދަލުކުރެއްވި ކަމަށެވެ. މުގައްރިރާއި ބައްދަލުކޮށް ޖޫރިމަނާ ކުރަނީ ކޮންމެހެން ފައިސާ ބޭނުންވެގެން ނޫންކަމަށާއި އަދި މިތަނުގައި ކުރާ ޖޫރިމަނާގެ ބާރު ނެތް ކަމަށް މުގައްރިރުގާތު ވިދާޅުވިކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ ކަންކަން ތަންފީޒު ކުރުމަށްޓަކައި އެއްވެސް އުޒުރެއް ނުދެއްކޭނެ ކަމަށެވެ. ކޮންމެ މީހެއްނަމަވެސް، އަދި އެއީ ފުލުހުން ވިޔަސް، އިމިގްރޭޝަން ވިނަމަވެސް އަދި އެހެން މުވައްސަސާއެއް ބަހަނާއެއްގެ ގޮތަށް މީހުން ނެތުމާއި، ތަންނެތުމާއި އެފަދަ އުޒުރެއް މިއަދު ދެއްކެން ނެތްކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ތަނަކާއި ހަވާލުވެފައި ހުރިނަމަ އެތަނެއްގައި ހުރި ކަންކަން ތަންފީޒު ކޮށް އަދި ތަންފީޒު ކުރެވޭނެ ގޮތްވެސް އެބަޔަކު ހޯދަންޖެހޭ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: