ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ހަރަކާތްތަކާ އެކު މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ތައްޔާރީތައް އެޗްޑީސީން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު ގިނަ ހަރަކާތްތަކާ އެކު މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ތައްޔާރީތައް އެޗްޑީސީ އިން ފަށައިފިއެވެ.

”މައި ހުޅުމާލެ ޢީދު އުފާ ޕަވަރޑް ބައި ދިރާގު“ ނަމުގައި ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި އިވެންޓަކީ ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާއެކު ކުރިއަށް ގެންދާ އިވެންޓެކެވެ. މި އިވެންޓުގެ ޓައިޓަލް ސްޕޮންސަރ ގެ ގޮތުގައި ހަމަ ޖެހިފައިވަނީ ދިރާގެވެ. އަދި ގޯލްޑް ސްޕޮންސަރ ގެ ގޮތުގައި ޝީޝާ މޯލްޑިވްސްއެވެ.

އަޟްހާ އީދުގެ ފޯރިގަދަ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 15 ޖޫން ވާ ހޮނިހިރު ދުވަހު ރޭގަނޑު، އީދު ވެދުމާދިމުގެ ފޯރިގަދަ ހަރަކާތުންނެވެ. އަދި ހުޅުމާލޭގައި މިއަހަރު އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވަނީ ފޭސް 1ގެ ސިންތެޓިކް ޓްރެކް އަދި ފޭސް 2 ގެ ކްރިކެޓްސްޓޭޑިއަމްގައެވެ. އަދި ޢީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް އޮންނާނެއެވެ.

މީގެ އިތުރުން، 16 އަދި 17 ޖޫން ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢީދުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި، ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނެއެވެ. އަދި މި ޢީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިޔަށްދާނެއެވެ. ހަމަ މިއާއެކު، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވާނެ އެއް ހަރަކާތް ކަމަށް އެޗްޑީސީން ވަނީ ބުނެފައެ.

މީގެ އިތުރުން މި އީދު ހަރަކާތްތަކުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސް ގެ ފަރާތުން 160 ސީސީ އެއަރ ބްލޭޑް ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްގެންދާ ”މައި ހުޅުމާލެ ޢީދު އުފާ“ އާ އެކު މިއަހަރުގެ އަޟްހާ ޢީދު ވެގެންދާނީ ވަރަށް ފޯރިގަދަ ޢީދަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: