އެމް.އެމް.އޭ އިން އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން، އަޟްހާ ޢީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައިވަނީ 18 ޖޫން 2024 ވާ އަންގާރަ ދުވަހު ހެނދުނު 08:30 އިން މެންދުރު 2:00 އަށް ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
މި ބަންދު ދުވަސްތަކުގައިވެސް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ބީއެލްއެމްއެލް އިން އެދެނީ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތްތައް ހޯއްދެވުމަށެވެ. އަދި ބޭންކުގެ އެންމެހާ ކަސްޓަމަރުންނަށް އަޟްޙާ އީދުގެ ހެޔޮއެދުމާއި ތަހުނިޔާ ވަނީ ފޮނުއްވާފައެވެ.

