ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ އިން އާޓިފިޝަލް އިންޓެލިޖެންސް އާއި ގުޅުންހުރި އިންޒާރުތަކެއް!

އެންޓޯނިއޯ ގުޓޭރެސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ނިއުކްލިއަރ ހަތިޔާރު ކޮންޓްރޯލްކުރުމުގެ މަސައްކަތްތަކުގައި ބޭނުން ނުކުރުމަށް އދ އިން ގައުމުތަކަށް އިލްތިމާސްކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން އދއިން ދަނީ ގައުމުތަކުގެ ލީޑަރުން ހޭވާއި ލާބައަށްޓަކައި ނިއުކްލިއަރ ހަތިޔާރުތައް ކޮންޓްރޯލްކުރުމުގައި އޭއައި ބޭނުން ނުކުރުމަށް އެދެމުންކަމަށެވެ. އެގޮތުން ދާދި ފަހުން ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒްވަނީ އެމެރިކާގެ ހަތިޔާރާއި ބެހޭ އެސޯސިއޭޝަންގެ އަހަރީ ބައްދަލުވުމުގައި ނިއުކްލިއާރ ބާރުތަކުން ދޫކޮށްލުމަށް ގޮވާލާފައިކަމަށްވާއިރު އޭނާވަނީ ހަތިޔާރުތައް ކޮންޓްރޯލްކުރުމަށްޓަކައި އޭއައިގެ ބޭނުން ނުހިފުމަށް އެދިފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ގުޓޭރެޒް ވިދާޅުވީ، ދުނިޔެ އޮތީ ތޫނު ވަޅިއެއްގެ މިޔަމަތީގައިކަމަށެވެ. އަދި ފިނި ހަނގުރާމައިގެ ދުވަސްވަރަށް ފަހު ފެނިފައިނުވާ މިންގަނޑަށް ނިއުކްލިއާރ ހަތިޔާރުތައް ބޭނުންކޮށްފާނެކަމުގެ ނުރައްކާ ބޮޑުވެފައިވާކަމަށް ފާހަގަކުރެއްވިއިރު ގައުމުތަކުންދަނީ އަސްކަރީގޮތުން ބާރުވެރިކަން ހާސިލުކުރުމަށް ވާަދަކުރަމުންކަމަށާއި އޭއައި ފަދަ ވަސީލަތްތަކުން ނުރައްކާތައް އިތުރުވެގެންދާކަމަށް އަލިއެޅުއްވިއެވެ.

ގުޓޭރެޒް ވިދާޅުވީ ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކޮށްގެން ބިރު ދެއްކުމުގެ މައްސަލަ އަނެއްކާވެސް ފެންމަތިވެފައިވާކަމަށާއި ބައެއް ފަރާތްތަކުން ދަނީ އެއްވެސް ޒިންމާދާރުކަމެއް ނެތް ގޮތުގެ މަތިން ނިއުކްލިއަރ ހަނގުރާމައެއް ފެށުމުގެ އިންޒާރު ދެމުންކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނިއުކްލިއަރ ހަތިޔާރު ބޭޏުންކުރުމާއި ޓެސްޓުކުރުމާއި އުފެއްދުން ހުއްޓުވުމަށްޓަކައި އެކުލަވާލި ނިޒާމުވަނީ ބަލިކަށިވެފައިކަމަށެވެ. އެހެންކަމުން ގައުމުތަކުން މަޝްވަރާގެ މޭޒަށް އަނބުރާ ދާންޖެހޭކަމަށާއި އަލަށް އެކުލަވާލާ ނިއުކްލިއަރ އާރމްސް ރިޑަކްޝަން ޓްރީޓީ( ނިއުކްލިއަރ ހަތިޔާރު މަދުކުރުމުގެ އެއްބަސްވުން) ތަންފީޒުކޮށް ކުރިއަށް އޮތް ފިޔަވަޅުތަކާއިމެދުވެސް އެއްބަސްވާންޖެހޭކަމަށް އިޝާރާތްކުރެއްވިއެވެ.

އޭޏާ ވިދާޅުވީ، ހުރިހާ ނިއުކްލިއަރ ހަތިޔާރެއް ނައްތާލެވެންދެން އެ މަސައްކަތްތައް ކުރަންޖެހޭކަމަށާއި ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ހިފާ ކޮންމެ ފަހަރަކުވެސް އެ ނިންމުން ނިންމަނީ އިންސާނަކަށްވާޖެހޭނެކަމާއިމެދު ހުރިހާ ގައުމުތަކުންވެސް އެއްބަސްވާންޖެހޭކަމަށެވެ.

ގުޓޭރެޒްގެ މި ވާހަކަތަކާއި މީގެ ކުރިން މި މައުޟޫއާއިމެދު ދައްކަވާފައިވާ ވާހަކަތަކާއި ތަފާތުކަން މީޑިއާތަކުން ފާހަގަކުރެއެވެ. އެގޮތުން މިއީ މިހާތަނަށް އެންމެ ހަރުކަށިކޮށް އޭއައި އާއި ދެކޮޅަށް ވާހަކަތަކެއް ދައްކާފައިވާ ފަހަރުކަމަށް ބުނެފައިވާއިރު މީގެ ކުރިން އދއިންވަނީ އައު ވަސީލަތްތަކުގެ ރައްކައުތެރިކަން ޕްރޮމޯޓްކޮށް ވަކާލާތުކޮށްފައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: