ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައީމާ މަރާލާފައި ވަނީ ސިހުރު ހެދިކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން ވެގެން: ފުލުހުން

ނައީމާ މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު އޭޕްރީލް 7 ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލީ އޭނާގެ ބޮލުގައި ސިހުރުގެ ތުހުމަތު އަޅުވައި އެކަމުގެ ބަދަލުހިފުމަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި ނައީމާ މަރާލި މަގުސަދަކީ ސިހުރުގެ ތުހުމަތު އޭނާގެ ބޮލުގައި އަޅުވައި އެ ކަމުގެ ބަދަލު ހިފުން ކަމަށެވެ. ނަމަވެސް މިހާތަނަށް ފުލުހުން ކުރި ތަހުގީގުގައި ނައީމާއަކީ އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވާ މީހެއް ކަން އެނގޭނެ ހަރުދަނާ ހެއްކެއް އަދި ގަރީނާއެއް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި އެ ރަށު ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. އޭގެތެރޭގައި ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރާއި ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒާއި ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް ހިމެނެއެވެ.

އެ ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގަ މީހުން މެރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި އޮއްވައި، މަސްތުވާތަކެތީގެ މައްސަލައެއްގައި އަހުޒަމް އަބްދުލްޝަކޫރު ހައްޔަރުކޮށްފައި ހުއްޓައި އޭނާ މަރުގެ މައްސަލައިގައި އެއްބަސްވެ ތަހުގީގަށް މައުލޫމާތު ދީފަ އެވެ. ފަވާޒު އާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

ކުރިން ކުށަށް އިއުތިރާފުވި ނަމަވެސް އަޒުހަމް ހިމެނޭހެން ތިން މީހުން ވެސް ފުރަތަމަ އަޑުއެހުމަށް ހާޒިރުވީ ގާނޫނީ ވަކީލުންނާ އެކު އެވެ. ދިފާއަށް ލިޔެކިޔުންތައް އެ ދުވަހު ފުރިހަމައަށް ލިބިފައި ނުވާތީ، އަދި މިހާތަނަށް ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީ ވުމުގެ ބައި އަދި ފެށިފައެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: