މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ސައިކަލު ތަކުގައި ރޮކޮށްލި ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ މި ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ކުރުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލާފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން “ އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވި، ސައިކަލުތަކުގައި ބަޔަކު އަލިފާން ރޯކޮށްލި ކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށާއި އަދި މިހާރު ފެންނަންހުރި ހެކިތަކުން އެއީ ހިނގާފައިވާ އެކްސިޑެންޓެއް ކަމަށް ބެލެވޭ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.


One Response
ގުރޫޕުދެކެ ބިރުގަތީކަމަށް ބެލެވޭ