ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑް ލަންދޫއަށް ހާއްސަ ހަނދާނީ ފިލާއެއް އަރުވައިފި

އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް އައިލަންޑްގެ ލަގަބު ދިން ފުރަތަމަ ރަށް ނ. ލަންދޫއަށް ހަނދާނީ ފިލާ އެރުވުން/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫއިން ޑިޖިޓަލް އައިލަންޑްގެ ލަގަބު ދިން ފުރަތަމަ ރަށް ނ. ލަންދޫއަށް ހަނދާނީ ފިލާ އަރުވައިފި އެވެ،

ލަންދޫއަކީ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑުގެ ގޮތުގައި ފާހަގަކުރުމުގެ ގޮތުން، އެ ރަށު ކައުންސިލް ރައީސް އަބްދުލް އަޒީޒަށް ހާއްސަ ހަނދާލީ ފިލާ ހަވާލުކޮށްދެއްވީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒެވެ.

މި ރަސްމިއްޔާތުގައި ލަންދޫގެ ރަސްމީ ވެބްސައިޓް ވެސް ނިޔާޒް ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.

މި ލަގަބު އެންމެ ފުރަތަމަ ލަންދޫއަށް އެރުވުނީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ.

ޑިޖިޓަލް އިންކްލޫޝަން އަދި އެމްޕަވަރމަންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް މި ޕްރޮޖެކްޓްގެ ސަބަބުން އަލިއަޅުވާލާފައިވެއެވެ.

ލަންދޫ ކައުންސިލާއި ގުޅިގެން އުރީދޫ އިސްނަގައިގެން ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފފަ އެވެ.

ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުމެވެ.

އުރީދޫއިން ބުނީ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: