ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަތައް ހައްލުކޮށްގެން މަސްވެރިންނަށް ލަސްނުކޮށް ފައިސާ ލިބޭނެ ގޮތް ހަދަންޖެހޭ: މަވޯޓާ ޝަރީފް

މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯއަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްގެން މަސްވެރިންނަށް ލަސްނުކޮށް ފައިސާ ދެވޭނެ ގޮތްތަކެއް ހޯދުމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.

ދާދި ފަހުން ގިނަ އަދަދެއްގެ މަސްވެރިންވަނީ މާލޭގައި އެމްއެމްއެމްއޭ ހުންނަ ސަރަހައްދު ކުރިމަތީގައި އޮންނަ ފަޅުތެރެއަށް ދޯނިތައް އެއްކޮށް އިހުތިޖާޖުކޮށްފައެވެ. އެ މީހުން ގޮވާލަމުންދިޔައީ މިފްކޯއިން މަސް ކިރުމަށްފަހު ލިބެންޖެހޭ ފައިސާ ދިނުމުގައި ލަސްވަމުންދާ މައްސަލަ ހައްލުކޮށްދިނުމަށާއި މަސްވެރިންގެ ހައްގުތައް ކަށަވަރުކުރުމަށްކަމަށްވާއިރު، އީދުގެ މުނާސަބާގައި ކުރިއަށް ގެންދާ ބައެއް ހަރަކާތްތަކުގެ ބޭނުން ހިފައިގެންވެސް އާންމުންދަނީ ކުރިމަތިވެފައިވާ ދަތިތަކާއި ގުޅިގެން އަޑުއުފުލަމުންނެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުރީގެ މެމްބަރު ޝަރީފްވަނީ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މިސްރާބު ބަހައްޓަންވީ ގޮތާއިމެދު އޭނާގެ ހިޔާލު ހުރި ގޮތް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ، މަހުގެ އަގު ކަނޑައެޅުމުގައި ބައިނަލްއަގުވާމީ މާކެޓުގައި އެވަގުތަކު އަގުތައް ހުރި ގޮތަށް ރިއާޔަތްކޮށް އަގު ކަނޑައަޅައިގެން ނޫން ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެކަމަށެވެ.

ޝަރީފް ވިދާޅުވީ، އެގޮތަށް އަމަލު ނުކުރާ ނަމަ އަބަދުވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ނުދެވި އުޅެންޖޭހެނެކަމަށެވެ. އެހެންކަމުން މަހުގެ އަގު ކަނޑައެޅުމުގެ އުސޫލު ބަދަލުކޮށްގެން މާކެޓު ރޭޓަށް ފައްތައިގެން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިފްކޯ އާއި މަސްވެރިންނަށްވެސް އެންމެ ފައިދާ ހުރީ އެގޮތަށް އަމަލުކުރުމުގައިކަމަށެވެ.

ޝަރީފް ވިދާޅުވީ، އެއަށްފަހު ކުރަންޖެހޭ މަސައްކަތްތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ކެޕޭސިޓީ ބިލްޑިންގް މަސައްކަތްތައް ކަމަށެވެ. އެކަންވެސް އަވަހަށް ކުރަންޖެހޭކަމަށް އަލިއެޅުއްވިއިރު އޭނާވަނީ އެކަން ހާސިލުކުރުމުގެ ގޮތުން ކޭނަރީސް ގާއިމުކުރުމާއި ފްރީޒިންގް ކެޕޭސިޓީ އިތުރުކުރުން ފަދަ ކަންކަން ކުރެވިދާނެކަންވެސް ހިއްސާކޮށްފައެވެ. އަދި މަސައްކަތްތައް މެދުވެރިކޮށް މިހާރަށްވުރެ ރަނގަޅު އަގެއް ރާއްޖޭގެ މަހަށް ހޯދިދާނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: