ޤަވައިދާ ޙިލާފަށް މީހުން އަރުވައިގެން ދުއްވި އުޅަދެއް ފުލުހުން ޓޯކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ”އެކްސް“ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވ، ފުލުހުން މިއަދު ސިނަމާލެ ބްރިޖުގައި ތޮއްޖެހިފައިވާ އެކްސްޕެޓް ވޯކަރުން އުފުލާ އުޅަނދެއް ހުއްޓުވައިފައި ވަނީ ހުއްދަ ނެތި ރަޖިސްޓްރީ ކުރުމާ ގުޅިގެންކަމަށެވެ. އެ އުޅަނދު ބަލައި ޗެކުކުރި އިރު އެއީ ބީ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށާއި ނަމަވެސް ބީ ޒޯންގައި ރަޖިސްޓްރީ ކޮށްފައިވާ އެ އުޅަނދު ދުއްވީ އޭ ޒޯން ބޯޑު ޖަހައިގެން ކަމަށާއި އުޅަނދުގެ އަހަރީ ފީ ހަމަވުމާ ގުޅިގެން އެ ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.
މި މަހު ފުލުހުން ވަނީ މާލޭ މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް 163 އުޅަނދެއް ޓޯކޮށްފައެވެ. މި އަހަރު ފެށިގެން މިއަދާއި ހިސާބަށް އައިރު މަގުމަތީގައި ޤަވާއިދާ ޙިލާފަށް ދުއްވާ ގިނަ އަދަދެއްގެ ވެހިކަލް ވަނީ ޓޯކޮށްފައެވެ. އެއީ މަގުމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުރި ވެހިކަލް ތަކެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ މައްސަލަ އޮތީ މާލެއަކީ ނޫޅެވޭ ތަނަކަށް ވާނެކަމުގެ ބިރު އޮންނަ މިންވަރުގައިކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވެސް ވަނީ ފާހަގަކޮށްފައެވެ. އެއްވެސް ދާއިރާއަކަށް ހަތަރު ފުރޮޅުލީ ވެހިކަލެއް ރެޖިސްޓްރީކުރާނަމަ، ގަރާޖެއް އޮންނަޖެހޭ ކަމަށް ގާނޫނުގައި ވަރަށް ސަރީހަކޮށް ލިޔެވިފައި ވެއެވެ. މީގެ ކުރީގައި ވެހިކަލްތައް ރަޖިސްޓްރީ ކޮށްފައިވަނީ އާދަޔާ ހިލާފަށް ގިނައިންކަމަށާއި، އެގޮތުން 200 އާއި ކައިރި ކުރާ އަދަދަކަށް ދުވާލެއްގެ މައްޗަށް ރަޖިސްޓްރީ ކޮށްފައި ވެއެވެ. ނަމަވެސް މި އަދަދު މިހާރު 25 އާއި 30 އާއި ދެމެދުގެ އަދަދަކަށް ދަށް ކުރެވިފައިވާކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.

