ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ބިދޭސީއަކު ނިޔާވި މައްސަލަ ތަހުގީގުކުރަނީ!

ތިލަމާލެ ބްރިޖުގެ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އުޅުނު ބިދޭސީއެއް ނިޔާވި މައްސަލަ ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރަމުންދާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

ބްރިޖުގެ މަސައްކަތުގައި އުޅެނިކޮށް، ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާ އަނބުރައިގަނެގެން ވެއްޓުމުންނެވެ. ޓްރީޓޮޕް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް، ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ.

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖް ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާ ރައްޔިތެއް ނިޔާވެފައި ވާތީ، އެ ހާދިސާ ކޮންޓްރެކްޓްރާއި ކަމާއި ބެހޭ ފަރާތްތައް ގުޅިގެން ތަހުގީގު ކުރަމުންދާކަމަށެވެ.

މިދިޔަ ހޯމަދުވަހުގެރޭ (17 ޖޫން 2024), ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ރައްޔިތެއްވަނީ ވަނީ ނިޔާވެފައެވެ. މި ހާދިސާ ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެންދަނީ ތަޙުގީޤުކުރަމުންނެވެ. އަދި ސިނަމާލެ ބްރިޖު މަރާމާތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހަކު ނިޔާވި ކަމަށް ބައެއް ނޫސްތަކުގައި ޝާއިއު ކޮށްފައިވާ ޚަބަރުތަކަކީ ސައްޙަނޫން ޚަބަރެއްކަމުގައި ދަންނަވަމެވެ. މިފުރުސަތުގައި ތިލަމާލެ ބްރިޖު ސައިޓުގައި ނިޔާވި ފަރާތުގެ ޢާއިލާއަށް މިނިސްޓްރީގެ ފަރާތުން ތަޢުޒިޔާ ރައްދުކުރަމެވެ.

މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހިއްސާކޮށްފައި ނުވެ އެވެ. އަދި ބިދޭސީ މީހާއަކީ ސިނަމާލެ ބްރިޖު މަރާމާތަށް މަސައްކަތް ކުރަމުން ދިޔަ މީހެއްކަމަށް މީޑިއާތަކުން އިއްޔެ ރިޕޯޓު ކުރީ ފުލުހުން ދިން މައުލޫމާތުތަކަށެވެ. އެކަމަކު އޭނާއަކީ، ތިލަމާލެ ބްރިޖުގައި މަސައްކަތް ކުރާ މީހެއްކަން ފުލުހުން ވަނީ މިއަދު ކަށަވަރުކޮށްދީފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: