ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިހިބިލިޓޭޝަން ސެންޓަރެއް ހިންގުމަށް މެލޭޝިއާގެ ކުންފުންޏެއްގެ ޝައުގުވެރިކަން!

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ----- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޑްރަގު ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް މެލޭޝިއާގެ ކުންފުންޏެއްގެ ޝައުގުވެރިކަން ލިބިފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ މައްސަލަހައް ހައްލު ކުރުމަށް ރިހިބިލިޓޭޝަން އަދި، ޑިޓޮކްސިފިކޭޝަން ސެންޓަރުތައް އެޅުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ރަނގަޅު ގޮތުގައި މުޖްތަމައަށް ނިކުންނަ ޒުވާނުން އިތުރު ކުރުމަށް ސަމާލުކަން ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމު ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުމުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް މެލޭޝިއާގެ ކުންފުންޏެއް ހުށަހަޅާފައިވާކަމަށް އިހުސާން ވިދާޅުވީ ދައުލަތުގެ މީޑިއާއަށެވެ. އިހުސާން ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެތީގެ ފަރުވާ ދިނުމުގެ ސެންޓަރުތައް ހިންގާ ބައެކެވެ.

ކުންފުނީގެ ހުށަހެޅުމުގައި އަގު ބޮޑުކަމަށްވާތީ، ޝިޔާމް ވިދާޅުވި ގޮތުގައި ހިދުމަތް ދިނުމަށް އިތުރު ގޮތްތަކެއް ހޯދޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކުންފުންޏާއެކު މަޝްވަރާ ކުރަމުންދާކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް، ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން އިހުސާން ފާހަގަކުރައްވަ އެވެ.

ހޯމް ސެކްޓަރއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ޓާސްފޯސްގެ މަސައްކަތުން މިހާތަނަށް ޖުމްލަ 41.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި “ވެސެލްސް ޓްރެކިން ޑިވައިސް” ހަރުކޮށް މޮނިޓަރކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: