ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ހުޅުވުން ވިއްސާރަވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކޮށްފި އެވެ.
ހ. ވެޔޮވިލާގައި ހުންނަ ޕާޓީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިރޭ 8:30 ގަ އެވެ. އެހެން ނަމަވެސް މިއަދުގެ ހެނދުނުން ފެށިގެން މާލެއަށް ވިއްސާރަ ކުރަމުން ދާތީ، ޖަލްސާ މާދަމާރެއަށް ފަސް ކުރީކަމަށް ޕީއެންސީން މައުލޫމާތު ދެއެވެ.
އެނގިފައިވާ ގޮތުން، މާދަމާ ރޭގެ ޖަލްސާގައި ޕާޓީއަށް ބައެއް ފަރާތްތައް ގުޅިވަޑައިގަންނަވާނެ އެވެ.
ޕީއެންސީގެ އައު ޖަގަހައަކީ، އެމްޑީޕީގެ ކުރީގެ މައި ހަރުގެ އެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި މީގެ ކުރިން ހިންގަމުން އައި އެމްޑީޕީ ހަރުގެ، ޑިމޮކްރެޓްސް ބޭނުން ކުރަމުން އައުމަށް ފަހު އެ ޕާޓީން ތަން ހުސްކުރީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު އެވެ. އެ އިމާރާތް ޕީއެންސީން ކުއްޔަށް ނަގައި، ހަރުގެ ހުޅުވުމުގެ މަސައްކަތް ކުރަމުން ދާތާ ގިނަ ދުވަސް ވަނީވެފަ އެވެ.
އީދުގެ ބޮޑު ބަންދަކަށް ފަހު، ބާއްވާ ރަސްމިއްޔާތުގައި ޖަގަހަ ހުޅުވައިދެއްވާނީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މިއީ މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ބޮޑު ޖަލްސާއަށް ފަހު، ކޮންގްރެސް ކޯލިޝަނުން ބާއްވާ ފުރަތަމަ ބޮޑު ހަރަކާތެވެ.


One Response
މަސްވެރިން ކުރި މަސައްކަތުގެ ލާރިކޮޅު ނުލިބިގެން ރޮއެ އާދޭސް ކުރަނީ ސަރުކާރުން ޕީއެންސީ ޖަގަހަ ނުހުޅުވިގެން ދުވަނީ