ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ޝޯއަކަށް ގޮސް މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ތަހުގީގުކުރަނީ

މިސްކިތް ތެރޭ ޓިކްޓޮކް ކުޅުނު ކަމަށް ބުނެ ދައުރު ކުރަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. މީދޫއަށް އީދު ޝޯއެއް ދޭން ގޮސްތިބި ގުރޫޕަކަށް ނިސްބަތްވާ މީހަކު އެ ރަށުގެ މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މީދޫގެ މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް އެ މުވައްސަސާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

މިސްކިތުގައި ޓިކްޓޮކް ކުޅެފައި ވަނީ އީދަށް ޝޯވ ދިނުމަށް އެ ރަށަށް ގޮސް ތިބި ގުރޫޕެއްގެ އަންހެނުންތަކެއްކަމަށް ފުލުހުން ބުންޏެވެ.

މިސްކިތުގައި ޓިކްޓޮކް ކުޅުމަށް ފަހު، އެ ވީޑިއޯ އާންމު ކުރީ އެންމެ ފުރަތަމަ އެ ގުރޫޕުގެ އެކައުންޓުންނެވެ. ފާޑުކިއުން އަމާޒުވެ، މިހާރު އެ ވީޑިއޯ ނަގާފައިވީ ނަމަވެސް ސޯޝަލް މީޑިއާގައި މިސްކިތުގައި ނެގި ޓިކްޓޮކް ދަނީ ދައުރުވަމުންނެވެ.

އަޟްހާ އީދު ފާހަގަކުރުމަށް، ރާއްޖޭގެ ރަށްތަކުގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި ވަނީ މާލެއިންނާއި އެހެން ސަރަހައްދުތަކުން ގުރޫޕުތައް ގެންގޮސްގެންނެވެ.

 

ވަރަށް ގަދަ
17%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 30%ވަރަށް ދެރަ 26%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: