ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖުވެރިން ޙައްޖުން އައުމަށްފަހު ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހައްޖުވެރިން ސަމާލުވުމަށް އެދި އެޗްޕީއޭ ކުރި ޕޯސްޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޖުވެރިން ޙައްޖުން އެނބުރި އައުމަށްފަހު ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ޕޯސްޓެއްގައި ބުނެފައިވަނީ ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އައުމަށްފަހު އަރިދަފުސް ރޯގާ އަދި ވައިރަލްހުމުން ރައްކާތެރިވުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަރިދަފުސް ރޯގާ އަދި ވައިރަލްހުމުން ރައްކާތެރިވުމަށް ޙާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި އެތަކެތި ނައްތާލުން އަދި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމުގެ އިތުރުން ދަތުރުމަތީގަޔާއި ޙައްޖު/އުމްރާ އަދާ ކުރުމުގައި އުޅޭ އިރު މާސްކް އަޅައި ސަމާލުވެ އުޅުމަށް ވަނީ އެދިފައެވެ.

އަރިދަފުސް ރޯގާ އަދި ވައިރަލްހުމުން ރައްކާތެރިވުމަށް ސާމަލުކަމެއް ދޭންވީ ކަންތައްތަކުގެ ތެރޭގައި:

ރޯގަޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ( ކުޑަކުދިންނާއި އުމުރުންދުވަސްވީ މީހުންނާއި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތައް )

ޙައްޖުން ނުވަތަ އުމްރާއިން އެބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ، ލަސްނުކުރައްވާ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން

ޑޮކްޓަރަކަށް ދައްކާއިރު ޙައްޖުން ނުވަތަ އުމްރާއިން އެނބުރި އައި މީހެއްކަމުގެ މަޢުލޫމާތު ދިނުން

ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެކުދިން އުރާ ނުހެދުން

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: