ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތުގެ ނަތީޖާއަށް ބަލައި ސިޔާސީ މަގާމުތަކަށް އަބަދުވެސް އުނިއިތުރު ކުރެވެމުން ދޭ: ހީނާ

ރައީސް ޑރ. މުއިއްޒު، ރައީސް އޮފީހުގެ މުވައްޒަފުންނާ މީގެ ކުރިން ބައްދަލުކުރެއްވިއިރު، އެ މަނިކުފާނުގެ ނައިބު ހުސެއިން އަދި ރައީސް އޮފީހުގެ އިސް ބޭފުޅުންތަކެއް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް އައްޔަނު ކުރާ ސިޔާސީ މަގާމުތަކުން ބޭނުން ވަނީ ނަތީޖާ ނެރެވޭނެ ޓީމުތައްކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުތަކުގެ ސިޔާސީ މަގާމުތައް އިތުރުވެ، އަބަދުވެސް ރައްޔިތުންގެ ފާޑުކިއުން އަމާޒުވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު ވައުދުވީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދޭނެ ބޭފުޅުންތަކެއް މަގާމުތަކަށް އައްޔަނު ކުރުމަށެވެ. އެގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުވާނެކަމަށް ވިދާޅުވި އެވެ.

ސަރުކާރަށް ހަ މަސް ވެގެން ދިޔައިރު އެންމެ ބޮޑަށް ކުރާ އެއް ޝަކުވާއަކީ ސިޔާސީ މަގާމުތައް އިތުރުވަމުން ދާކަމަށެވެ. އެކަމަކު އަދަދުތަކާއި ގުޅޭގޮތުން ދެކެވެނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެފައި ވެއެވެ. އަދި ތަފާތު އެކި އަދަދުތައް މީޑިއާތަކުގައި ފެންމަތިވެފައި ވެއެވެ. އަދި އޭގެ ފަހުން ކޮންމެހެން ނަގަން ޖެހޭ މަގާމުތަކަށް، ފިޔަވައި އިތުރު ސިޔާސީ މަގާމުތައް ނުއުފައްދާނެކަމަށް ސަރުކާރުން އިއުލާނު ކުރި އެވެ.

ސިޔާސީ މާގަމުތަކުގެ އަދަދު ދަށް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިއަދު މީޑިއާތަކުން ރިޕޯޓުކޮށް ވަނީ، ބައެއް މީހުން މަގާމުން ވަކި ކުރާނެކަމަށް ވެސް ބުނެފަ އެވެ. އަދި މަގާމުތަކަށް ބަދަލު ގެނައުމުގެ ތެރޭގައި، އެހެން އިދާރާތަކަށް ނުވަތަ ކުންފުންޏަކަށް ބަދަލު ކުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ފާހަގަކުރި އެވެ.

މީޑިއާތަކުން ގެނެސްފައިވާ ހަބަރުތަކުގެ ސައްހަކަން ކަށަވަރުކޮށް ދިނުމަށް އެދުމުން ހީނާ ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކަށް ސިޔާސީ މަގާމުތަކަށް އަބަދުވެސް ކަނޑައަޅަނީ މަސައްކަތަށް ބޭނުންވާ އަދަދަށް ކަމަށެވެ. އެގޮތަށް އައްޔަނު ކުރާ ސިޔާސީ މަގާމުތަކުގައި މަސައްކަތުގެ ޒިންމާ އަދާ ކުރޭތޯ ބަލައި، ގެންނަން ޖެހޭ އުނި އިތުރުތައް ގެނެވޭކަމަށް ހީނާ ވިދާޅުވި އެވެ.

ސަރުކާރުގެ ވުޒާރާތަކުގައި އަބަދުވެސް ތިބޭނީ އެ ވުޒާރާއެއްގެ މަސައްކަތަށް ބޭނުންވާ ސިޔާސީ ބޭފުޅުން… ޕާފޯމަންސަށް ބަލައި އަބަދުވެސް އުނި އިތުރު ކުރެވެމުން ދާނެ.. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ޓީމަކީ ޕާފޯމް ޓީމަކަށް ވާންވާނެކަމަށް

ހީނާ ވިދާޅުވީ ރައީސް މުއިއްޒު ވެސް، ސަރުކާރު ހިންގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބޭނުން ވަނީ ރަނގަޅަށް މަސައްކަތްކޮށް ނަތީޖާ ނެރޭ ޓީމެއް ކަމަށެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހީނާ ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

ކޮންމެ ސަރުކާރެއްގައި ވެސް އެންމެ ބޮޑަށް ކުރާ ޝަކުވާއަކީ، އެ ޕާޓީއެއްގެ އެކްޓިވިސްޓުންނަށް ސިޔާސީ މަގާމުތައް ދިނުމެވެ. އެގޮތުން މިދިޔަ ސަރުކާރެކޭ ވެސް އެއްގޮތަށް، މި ސަރުކާރުގައި ވެސް ސިޔާސީ މަގާމުތަކުގެ އަދަދު ގިނަކަން ފާހަގަކުރެވި އެކަމަށް އާންމުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: