މަސްވެރިންގެ ޙައްޤިގައި މަޖިލިހުގެ ތެރެއިން މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް އެމްޑީޕީ ޕީޖީ ލީޑަރ އިބްރާހިމް ނާޒިލް ވިދާލުވެއްޖެއެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ނާޒިލް ވިދާޅުވީ، މާދަމާގެ މަޖިލިސް ފެށިގެންދާއިރު މަޖިލިސް ތެރެއިން މަސްވެރިންނަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެވިގެންދާނެ ކަމަށެވެ. ނާޒިލް ވިދާޅުވީ، 80 ދުވަސް ވެގެންދާއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ލާރި ނުދެވި ލަސްވި ނަމަވެސް އެކަމުގެ ސަބަބުން، މަސްވެރިންނަށް އިތުރަށް ދެވޭ ފައިސާއެއް ވަކި ނެތް ކަމަށެވެ.
“ ކީވެތޯއޭ އެކަން އެހެން ވާންވީ، މީރާއަށް ދައްކަންޖެހޭ ލާރި އެއް ވެއްޖެނަމަ ކުދި ވިޔަފާރި ތަކުން ނުދެއްކިއްޖެނަމަ، އަނެއްދުވަހު ފައިން އަރާ، ސަރުކާރުންދޭން ޖެހޭ ލާރިއެއް، އޮތިއްޖެނަމަ އެޔަކަށް ފައިން އެއް ނާރާ، ނުލިބޭ އިތުރު އެއްޗެއް“ ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ، މާދަމާގެ މަޖިލިސް ފެށިގެންދާއިރު މަސްވެރިންގެ ހައްޤުގައި މަޖިލިސް ތެރެއިން އެމްޑީޕީގެ ފަރާތުން މަސައްކަތް ތަކެއް ކުރެވިގެންދާނެ ކަމަށާއި އެއީ ހަމައެކަނި އައްޑު އަތޮޅު ރައްޔިތުންގެ ހައްޤުަގައި ކުރެވިގެންދާނެ މަސައްކަތެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއާއި ދެކުނުގެ އަދި ހުރިހާ މަސްވެރިންގެ ހައްޤުގައި ކުރާ މަސައްކަތެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. މި ވަގުތު އައްޑޫގައި ހުރި ދޯނިތަކަށް 11.8 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ނާޒިލް ވަނީ ފާހަގަކޮށްފައެވެ. އަދި 120 މިލިއަން ރުފިޔާގެ ދަރަނި އޮތްއިރު، އީދުގެ ކުރިން މަސްވެރިނަށް ދެވިފައިވަނީ 40 މިލިއަން ރުފިޔާ ކަމަށާއި އަދި ބާކީ 80 މިލިއަން ރުފިޔާ އެބަހުރި ކަމަށް ނާޒިލް ވަނީ ފާހަގަކޮށްފައެވެ.
“ 120 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން އޮށްވައި އީދުގެ ކުރިން މި ދެވުނީ 40 މިލިއަން ރުފިޔާ،،ބާކީ 80 މިލިއަން ރުފިޔާ އަދިވެސް ނުދެވި އެބައޮތް..ސަރުކާރުން މިކަންތަށް ކުރާގޮތް އެއްވެސް ގޮތަކަށް ސާފެއް ނޫން ، މަސްވެރިން ބާނާ މަސްކޮޅު ކިރާލައިގެން މެދުވެރިއެއްގެ ރޯލް ސަރުކާރުުން މި އަދާކުރަނީ ، ބަޖެޓުގައި ޖަހައިގެން ދޭ ލާރިއެއް ނޫން އެ ލާރިއަކީ މަސްވެރިން ބާނާ އެ މަސްކޮޅު އެ ކިރާފައި ރާއްޖެއިން ބޭރަށް ނުވަތަ އެ ދަޅުގައި ބަންދުކޮށްފައި އެ ވިއްކާ ގޮތަކަށް ވިއްކާ ލައިގެން އެ ފައިސާ އަނެއްކައި މަސްވެރިންނަށް އަބުރައި ހޯދައިދޭން މި މަސްކުންފުނިން މި އޮށްނަނީ “ ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވި، މަސްކުންފުނީގެ މަސްއޫލިއްޔަތަކީ މަސްވެރިން ބާނާ މަސް ކިރުމަށްފަހު، ދަޅުގައި ބަންދުކޮށް ރާއްޖެއިން ބޭރަށް ވިއްކުމަށްފަހު އެ ފައިސާ މަސްވެރިންނަށް އަބުރައި ދިނުންކަމަށެވެ. އެހެން ނަމަވެސް އެ ފައިސާއަށް ވެގެންދާ ގޮތް މަސްވެރިންނަށް އަދި ރައްޔިތުންނަށްވެސް ސާފުނޫން ކަމަށް ވަނީ ފާހަގަކޮށްފައެވެ. ނާޒިލް ވިދާޅުވި، ނިމިދިޔަ ސަރުކާރުގައި މަސްވެރިންނަށް ފައިސާ ލިބެންވާ މުއްދަތުގައި ލިބިފައިވާނެ ކަމަށެވެ.
“ މިދިޔަ ސަރުކާރުގައި ނިމިދިޔަ ހަފްތާގެ ލާރި، ފެށޭ ހަފްތާގެ ލާރި ނެގޭ ހަފްތާގެ ހޯމަ ދުވަހުގެ ރޭގަނޑު ދަންވަރު 12 ޖަހަންވާއިރަށް ލިބިފައި އޮންނާނީ.. އަބަދުވެސް ހަފްތާއެއް ނިމިގެން އަނެއް ހަފްތާގެ ހޯމަ ދުވަހުގެ ރޭ 12 ގެ ކުރިން ލާރި ލިބޭނެ ކަމަށް މަސްވރިންނަށް ޔަޤިނެވެ.. މާޒިލް ވިދާޅުވިއެވެ.
އައްޑޫގެ މަސްވެރިން މުޒާހަރާއަށް ނިކުމެ، ފައިސާ ލިބޭނެ ތާރީހަކާއި ގުޅޭ ޖަވާބެއް ދިނުމަށް ގޮވާލަމުން ދާތީ ފިޝަރީސް މިނިސްޓަރ އަހުމަދު ޝިޔާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ފިޝަރީސް ކޮމްޕްލެކްސް ސަރަހައްދުގައި ކުރާ އިހުތިޖާޖުގެ ކުރިން ވެސް އަދި މިހާރު ވެސް ސަރުކާރުން ދަނީ އެ އަޑުތައް އަހަމުންކަމަށެވެ. އަދި އެކަމުގައި މިފްކޯއާއި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ވެސް ހިއްސާ ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވި އެވެ.އައްޑޫގައި މުޒާހަރާ ކުރާ މަސްވެރިން އެދިފައި ވަނީ، ފައިސާ ދެވޭނެ ތާރީހެއް ސަރުކާރުން އެންގުމަށެވެ. އަދި މަހަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރުމުގެ ސަބަބުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ވެސް ފާހަގަކުރި އެވެ.

