ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްދޫ ބަނދަރު ހެދުމަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ސައިޓަށް!

ހއ. ދިއްދޫ ބަނދަރު ހެދުމަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ސައިޓަށް ގެންދިއުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ދިއްދޫގެ ބަނދަރު ހެދުމަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި ދިއްދޫގެ އައު ބަނދަރުގެ ހާބަރ ބޭސިންގ ފުން ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ކުރީގެ ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތުގެ 87 އިންސައްތަ މަސައްކަތް ނިންމިފައިވާކަމަށް އެމްޓީސީސީން މައުލޫމާތު ދިނެވެ.

މަޝްރޫއުގެ ދަށުން 78،000 ކިއުބް މީޓަރުގެ ސަރަހައްދެއްގެ ބަންދަރު ފުންކުރުމާއި 49 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 58 މީޓަރުގެ ސަރަހައްދެއްގައި ތޮށިލުން ހިމެނެ އެވެ.

މީގެއިތުރުން 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމުގެ އިތުރުން، 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 9270 އަކަ މީޓަރުގެ ސަރަހަދެއްގައި ޕޭމަންޓު ސަރަހައްދެއްގައި ޕޭމަންޓު ހެދުމާއި ބަނދަރު ބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނޭކަން ވެސް އެމްޓީސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 88.36 މިލިއަން ރުފިޔާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: