ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. ނޫމަރާ ބަނދަރު ތަރައްޤީ ކުރުމުގެ 51 ޕަސެންޓް މަސައްކަތް ނިމިއްޖެ

ށ.ނޫމަރާ ބަނދަރު ތަރައްޤީ ކުރުމުގެ 51 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ނޫމަރާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ 51 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ ( އެމްޓީސީސީ ) ވިދާޅުވެއްޖެއެވެ.

މި މަޝްރޫއު ކުރިޔަށް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން މައުލޫމާތު ދެމުން އެމްޓީސީސީ ބުނީ، ނޫމަރާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 34،386 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި އައު ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ. އަދި 5،076 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރުމާއި، 2،920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުން ހިމެނެއެވެ.

މި މަޝްރޫއުގައި 32 މީޓަރުގެ މިހާރު ހުރި އެއްގަމު ތޮށި މަރާމާތުކުރުމާއި، 177 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 303 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 120 މީޓަރު ދިގު 2 މީޓަރު ދިގު 2 މޯޓަރު ފުޅާ ޖެޓީއެއް ހެދުމުގެ އިތުރުން 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން މި މަޝްރޫއުގައި ހިމެނެއެވެ. އަދި 1،652 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބޮއެ ހަރުކުރުން ހިމެނެއެވެ.

މިއީ 53.3 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: