ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަހަރާ ފާރު ތިރި ކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި

އާސަހަރާ ފާރު ތިރި ކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަހަރާގެ ފާރު، މާލޭ އެހެން ސަހަރާތަކާ އެއްވަރަށް ތިރިކުރަން މާލެ ސިޓީކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ކައުންސިލް ބައްދަލުމުގައި މޭޔަރ އާދަމް އާޒިމް ވިދާޅުވީ، އެ ކައުންސިލުން އާ ސަހަރާގެ ފާރާ މެދު ވިސްނީ ދެގޮތެއްވާ ކަމަށާއި އެއީ މައްޗަންގޮޅީ އާސަހަރާ މިސްކިތުގެ ފާރު ވަރުގަދަކުރުން ނުވަތަ އެެހެން ސަހަރާތަކުގެ ފާރު ހުރި ގޮތަށް ތިރިކޮށްލުން ކަމަށެވެ.

އާޒިމް ވިދާޅުވީ އެކަން ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެކަން ނުކޮށްފިނަމަ އާންމު ފަރާތަކަށް ގެއްލުމެއް ލިބިދާނެ ކަމަށެވެ. އަދި އެކަން ނުކޮށްފި ނަމަ މީހެއްގެ ގައި މައްޗަށް ފާރު ވެއްޓުމުގެ ފުރުސަތު އެބައޮތް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެގޮތުގެ މަތިން އެ މަސައްކަތް ވިހާވެސް އަވަހާއި ފެށުން މުހިންމު ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ފަށަން ކައުންސިލު މެންބަރުންގެ އެއްބާރުލުން ދިނުން މުހިންމު ކަމަށް ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 13 ވަނަ ދުވަހު އާސަހަރާ މިސްކިތުގެ މަސައްކަތްކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މާލޭގެ އާސަހަރާ މިސްކިތުގެ މަސައްކަތް މި އަހަރުގެ އޮގަސްޓު މަހުގެ ފަހު ހަފުތާގައި ނިމޭނެ ކަމަށެވެ. އަދި އެ މަސައްކަތް ލަސްވަނީ އެތަނުގެ ކުރެހުމަށް އެކި ކަހަލަ ބަދަލު ތަކެއް ގެއްނަން ޖެހުމުގެ ސަބަބުން ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މޭޔަރ އާޒިމް ވަނީ އިއްޔެގެ ވަގުތެއްގައި އާސަހަރާގެ މަސައްކަތް ބެއްލވުުމަށް އެތަނަށް ޒިޔާރަތް ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: