ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީގެ ސަފީރަކަށް އަބްދުއްރަހީމު، ޕާކިސްތާނަށް ތޯހާ އައްޔަންކުރަން މަޖިލިހުން ރުހުންދީފި

ތުރުކީގެ ސަފީރަކަށް އަބްދުއްރަހީމު އަދި ޕާކިސްތާއަށް ތޯހާ އައްޔަންކުރަން މަޖިލިހުން ރުހުންދީފި ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ތުރުކީގެ ސަފީރަކަށް ފޮރިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް، ރިޓަޔާޑް އަބްދުއްރަހީމް އަބްދުލްލަތީފަށް ރާއްޖެއިން ތުރުކީއަށް ކަނޑައަޅައި ސަފީރުގެ މަގާމަށާއި ޕާކިސްތާނުގައި ހުންނަވައި ރާއްޖޭގެ ސަފީރު ކަމުގެ މަޤާމަށް ނ.ހޮޅަދޫ ތޯހާ މުހައްމަދު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލިހުން ރުހުންދީފިއެވެ.

ޖަލްސާގެ ތެރެއިން ނެގި ވޯޓުގައި މި ދެބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމަށް ފެންނަކަމަށް  82 މެންބަރު ވޯޓު ދެއްވާފައިވާއިރު ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ޕާކިސްތާނުގައި ހުންނަވައި ރާއްޖޭގެ ސަފީރު ކަމުގެ މަޤާމަށް އައްޔަނު ކުރެއްވި ތޯހާ މުހައްމަދު އަކީ އިސްލާމިކް ޔުނިވަސިޓީ ފެކަލްޓީ އޮފް ޝަރީއާ އިން ޑިގްރީ ވަނީ ހާސިލްކޮށްފައެވެ. އަދި ގާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ވަނީ ފުރިހަމަ ކޮށްފައެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރު ވަންދެން އުޅުއްވުމަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 17 ގައެވެ. އަދި ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުރެވުމުގެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: