ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޗާރޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ސްކޮލަރޝިޕްގެ 100 ފުރުސަތު ހުޅުވައިލައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޗާރޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ސްކޮލަރޝިޕްގެ 100 ފުރުސަތު ހުޅުވައިލުން.
ޝެއާރކޮށްލާ ކަހަލަދޯ؟

’ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޮލަރޝިޕް ސްކީމް 2024‘ ގެ ނަމުގައި ދިވެހި ރާއްޖޭގައި ޕްރޮފެޝަނަލް ޗާރޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ވަނީ 100 ފުރުސަތު ހުޅުވައިލެވިފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކްލިސް ޑިވެލޮޕްމަންޓުން ހުޅުވާލާފައިވާ، މި ސްކޮލަޝިޕް ފުރުސަތަށް ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:00 އެވެ. ޗާރްޓަޑް އެކައުންޓެންޓުން ތަމްރީނު ކުރުމުގެ މި 100 ފުރުސަތު ބަހާލެވިފައިވާ ދެ ބަޔަކީ ޕަބްލިކް ކެޓަގަރީއާއި އޯޕަން ކެޓަގަރީއެވެ. ފުރުތަމަ ކެޓަގަރީއަކީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތެވެ. އަދި ދެވަނަ ކެޓަގަރީއަކީ އަމިއްލަ އިދާރާތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ވަޒީފާގައި ނޫޅޭ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތެވެ.

މި ސްކޮލަރޝިޕްގެ ދާއިރާ އަކީ އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް، ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް އެވެ.

މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ޝަރުތުތައް:

  1. ސްކިލްސް ލެވެލް ނުވަތަ ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން.
  2.  މެނޭޖްމަންޓް ލެވެލް ނުވަތަ ސްޓްރެޓީޖިކް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން.
  3. މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.
  4. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއްފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

މި ސްކޮލަޝިޕާއި ގުޅޭ އިތުރު މަޢުލުމާތު ވަނީ ގެޒެޓް ކުރެވިފައެވެ. އަދި މަޢުލުމާތު އިތުރަށް ސާފުކުރެއްވުމަށް schol@mohe.gov.mv އަށް އީމެއިލް ކުރައްވައިގެން ނުވަތަ 3026947/3026950 އަށް ގުޅުއްވައިގެން ލިބޭނެކަމަށް މިނިސްޓްރީއިން ބުނިއެވެ. މި ސްކޮލަޝިޕަށް އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv މެދުވެރިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: