ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން: ޕީޖީ

ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން: ޕީޖީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ކޮރަޕްޝަން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ނެރޭ އުންސުރުގެ ހަތް ވަނަ އަދަދުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގަލަމުން ޝަމީމް ލިޔުއްވައިފައިވާ ލިޔުމެއްގައި ވިދާޅުވީ، ޖިނާއީ ޢަދުލުގެ ގިނަ އިދާރާތަކެއްގެ މައްޗަށް އެކުލެވިފައިވި ނަމަވެސް މުޅި ނިޒާމު އެކީ މަސައްކަތްކުރަން ޖެހުމުގެ ސަބަބުން އެ ދާއިރާއިން އެންމެ ގުނަވަނެއްގައި ކޮރަޕްޝަންގެ ތުހުމަތު އޮތް ނަމަވެސް މުޅި ނިޒާމަށް ރައްޔިތުންކުރާ އިތުބާރަށް، އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ، މިފަދަކަންކަން ހައްލު ކުރެވިގެންދާނީ ކޮންމެ އިދާރާއެއް ވަކިން، އަދި ހުރިހާ އިދާރާއެއްގައިވެސް ކޮރަޕްޝަން ނައްތާލުމަށް ހަރުދަނާ މަސައްކަތެއް ކޮށްގެން ކަމަށާއި އަދި އެ މަސައްކަތްކުރާކަމާއި އެ މަސައްކަތާއިމެދު އިދާރާތަކުން ސީރިއަސްކަން ރައްޔިތުންނަށް ފެނި، އިހުސާސް ކުރެވިގެން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކޮރަޕްޝަން ނައްތާލުމަށް ތިން ބާވަތެއްގެ މަސައްކަތް ޕީޖީ އޮފީހުން ކުރާ ކަމަށާއި، އެގޮތުން ފުރަތަމަ ކަމެއް ގޮތުގައި އޮފީހުގެ މަސައްކަތަށް މީހުން ބަރޯސާނުވެ، ނިޒާމުތަކަކަށް ބަރޯސާވާ އުޟޫލު ވަކި ތަރުތީބަކުން އަތުރައިލުން ހިމެނޭކަމަށް ވަނީ ވިދާޅުވެފައެވެ.

ޕީޖީ ޝަމީމު ވިދާޅުވީ، ޕީޖީ އޮފީހުން ނިންމާއި ކޮންމެ ނިންމުމަކީވެސް ލިޔެފައިހުރި އުޟޫލުތާކާއި އެސްއޯޕީތަކެއްގެ މައްޗަށް، މަދުވެގެން 3 މީހުންގެ ބައިވެރިވުން ހިމެނިގެން ނިންމާ ނިންމުމަކަށް ހެދުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮރަޕްޓް ވެގެންދާ ހާލުގައިވެސް 3 މީހުން އެއްކޮށް ކޮރަޕްޓްވެގެން ދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެހެން އޮވެއްޖެނަމަ ކޮރަޕް ވުމަށްވުރެން ނުވުން ގާތްކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ދެވަނަ ކަމެއް ގޮތުގައި ވިދާޅުވެފައިވަނީ ކޮންމެ މަސައްކަތެއް ކުރާ މީހަކުވެސް، އަހަރަކު އެއް ފަހަރު ބަދަލުވުން ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި މަސައްކަތްކުރާ ޕްރޮސިކިއުޓަރ، މިއަންނަ އަހަރު ޖިންސީ ކުށުގެ މައްސަލަތަކުގައި މަސައްކަތްކުރަން ޖެހިދާނެކަމަށާއި އެކަމުގެ ބޭނުމަކީ ކޮރަޕްޓް ނެޓްވަރކެއް އުފެދުމަށް ފުރުޞަތުވެސް ނުދިނުންކަމަށް ވަނީ ވިދާޅުވެފައެވެ.

ތިންވަނަ ނިޒާމެއްގޮތުގައި ފާހަގަކޮށްފައިވަނީ، މަޢުލޫމާތު ހާމަކުރުމެވެ. އެގޮތުން ޕީޖީ އޮފީހުގެ ފަލްސަފާއަކީ، ކޮންމެ ކަމެއްގެ އަޞްލަކީވެސް ހާމަކުރުންކަމަށާއި އެހެން ގޮތަކަށް ޤާނޫނުގައި ނުވަތަ މައްސަލައެއްގައި އަނިޔާ ލިބުނު  މީހެއްގެ ޙާއްސަ މަސްލަހަތެއް ނެތްނަމަ، ހުރިހާ މަޢުލޫމާތެއް އާންމު ކުރުން ކަމަށާއި މައުލޫމާތު އާންމުނުކޮށް ޖަވާވުދާރީކުރުވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި ޕީޖީ އޮފީހުގައި އޮތީ ނިޒާމުތަކަށް ބަރޯސާވާގޮތަށް މަސައްކަތް ބައްޓަން ކުރުން ކަމަށާއި ކޮރަޕްޓް ނެޓްވޯރކްތައް ނައްތާލައި، މައުލޫމާތު އާންމު ކުރުމުގެ މާހައުލުގެ ތެރޭގައި ކޮރަޕްޝަން ދިރިއެއް ނޯވެވޭނެ ކަމަށް ވަނީ ވިދާޅުވެފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: