ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ޤައުމަށް ގެއްލުން ލިބޭ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ޤައުމުގެ ވެރިކަމާއި ހަވާލުވާ ކޮންމެ ފަހަރަކު ދަނީ ޤައުމަށް ބޮޑެތި ގެއްލުންތައްދީފައި ކަމަށް ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙު ހުށަހަޅުއްވައިފައިވާ ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ ބަހުސްގެ މަރުހަލާގައި ފަލާހު ވިދާޅުވީ، އެމްޑީޕީ ޤައުމުގެ ވެރިކަމާއި ހަވާލުވާ ކޮންމެ ފަހަރަކު ދަނީ ޤައުމަށް ބޮޑެތި ގެއްލުންތައްދީފައިކަމަށާއި 2008 އިން 2012 އަށް އެމްޑީޕީއިން ވެރިކަން ކުރެއްވިއިރު، ވެރިކަމުން ވަކިވެގެން ދިޔައީ ދައުލަތަށް ގެއްލުން ދެއްވައިފައި ކަމަށެވެ.

ދައުލަތަކަށް އެތައް ސަތޭކަ ރުފިޔާގެ ގެއްލުން ދީފައި، ހުރިހާ ޕްލިސް ސްޓޭޝަން ތަކުގައި ރޯކޮަށްލި، ސިފައިން ގޭގަގއި ރޯކޮށްލަން އުޅުނު ، އާންމުންގެ ގެތަކުގައި ރޯކޮށްލަން އުޅުނީ، ސިފައިންގެ ހުރިހާ ވެހިކަލް ތަކުގައި ރޯކޮށްލީ

ފަލާހު ވިދާޅުވީ 2012 ވަނަ އަހަރު ހިނގައި ދިޔަ ހަމަނުޖެހުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނިފައިވާ މަންޒަރެއްކަމަށާއި އަދި އޭރު އެތައް ސަތޭކަ ރުފިޔާގެ ގެއްލުމެއް ދައުލަތައް ލިބުނުކަމަށް ވަނީ ފާހަގަކޮށްފައެވެ. ރައިސުލްޖުމްހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއަޔާތަށް 23 މިލިއަން ޙަރަދުކޮށަފއިވާ ކަމަށް ވިދާޅުވި ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަލޮޅު ދަނޑުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތަށް 32 މިލިއަން ރުފިޔާ ޙަރަދުކުރެއްވި ކަމަށާއި އަދި މުލިއާ ގެއަށް 41 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާ ކަމަށް ފަލާޙު ފާހަގަކުރެއްވިއެވެ. ފަލާހު ވިދާޅުވީ ދިވެހިރާއްޖެ އެމްޑީޕީގެ ފަރާތުން ސަލާމަތްކުރަންޖެހޭ ކަމަށެވެ.

32 މިއިލަން އިބްރާހީމް މުހައްމދު ސޯލިހު ހުވާކުރުމުގެ ރަސްމިއްޔާތަށް ޙަރަދުކުރެއްވިއެ، މުލިއާ ގެއަށް ޙަރަދު ކުރެއްވިއެ 41 މިލިއަން ރުފިޔާ އިއްޒަތްތެރި ރައީސް، ހަޤީތުގައި މި ބޭފުޅުން ދައްކަވާ އިތުރުފުޅު ދިވެހި ރައްޔިތުންނަށް ހާމަވެގެންދާނެ، އެހެންވެގެން މި ވާހަކަތައް އަޅުގަނޑުމެން ދައްކަންޖެހެނީ

ބަހުސްގެ މަރުހަލާގައި ފަލާހު ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިހާރު ވަނީ ދެވިފައިކަމަށެވެ. އަދި އެމްޑީޕީއިން ވެރިކަން ދޫކޮށްލެއްވިއިރު 250 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭންޖެހިފައިވާ ކަމަށް ފަލާޙު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް ޖުމްލަ 832 މިލިއަން ރުފިޔާ މަސްވެރިންނަށް ދެއްވައިފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: