އިޖުތިމާއީ އަދި އާއިލި ތަރައްގީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދައި ”ޙާލު ކިހިނެއް؟“ ޕްރޮގުރާމްގެ ދަށުން މިހާތަނަށް 1،015 ގެއަކަށް ޒިޔާރަތްކޮށްފައިވާނެ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނެފައި ވަނީ އާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް ގާތުން މަސައްކަތްކޮށް، ގުޅުން ޤާއިމް ކުރުމަށްޓަކައި ކުރިއަށް ގެންދާ ”ޙާލު ކިހިނެއް؟“ ޕްރޮގުރާމަކީ އޯގާތެރި މުޖުތަމަޢުއެއް ބިނާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުވައި ތަސައްވުރާ އެއްގޮތަށް އެ މިނިސްޓްރީ އިސްނަގައިގެން ކުރިއަށް ގެންދައި ޕްރޮގުރާމެއް ކަމަށެވެ.
މި ޕްރޮގުރާމް އެންމެ ފުރަތަމަ ފެށިގެން ގޮސްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މެއި 30 ވަނަ ދުވަހު އެވެ. އަދި ފެމިލީ އިންސިއުރެންސް ސާރވީސް ސެންޓަރުތަށް ޤާއިމް ކުރެވިފައިވާ ހުރިހާ ރަށެއްގައި ޕްރޮގުރާމްތައް ފަށައިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން 30 މެއި ފެށިގެން ޖުލައި 1 ގެ ނިޔަލަށް ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ޖުމްލަ 1،015 ގެއަށް ޒިޔާރަށް ކުރެވި ޢާއިލާތަކުގެ ޙާލަތު ދެނެގަނެވިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ، މި ޕްރޮގުރާމަށް ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ނުވަތަ އަޅުގަނޑުމެންއަށް ރައްޔިތުންގެ ގެ ތަކުން ވަރަށް ބޮޑަށް މަރުޙަބާ ކިޔަމުންދާ ކަމަށެ، އަދި އެބޭފުޅުންގެ ޙާލަތު ނުވަތަ އެޙީ ތެރިކަން ބޭނުންވާ ކަންކަމުގެ މަޢުލޫމާތުތައް، އަޅުގަނޑުމެންގެ ޓީމުތަކާއި ހިއްސާކުރައްވަމުން ގެންދަވާކަން
މީގެ އިތުރުން، މިހާތަނަށް ލިބިފައިވާ މައުލުމާތަކަށް ބަލާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންމެ ބޮޑަށް އެހީ ތެރިކަން ބޭނުންވެފައިވާ އެއް ކަމެއް ގޮތުގައި ބޭސް ފަރުވާގެ ކަންކަން ހިމެނިގެން ގޮސްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ތަފާތު އެކިއެކި ބަލިތަކަށް ޙާއްސަ ޑޮކްޓަރުންގެ އެޕޮއިމެންޓް ހޯދުމުގައި ހުރި ދަތިކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ނުކުޅެދުންތެރިކަންހުރި ފަރާތަކާއި ދޮށީ އުމުރުގެ ފާރަތްތައް ހޮސްޕިޓަލްތަކަށް ގެންދިއުމަށްފަހު ފަރުވާ ހޯދުމަށް ދަތިތަކެއް ހުރި ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ގިނަ ޢާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމުގެ ދަތިކަންވެސް ކުރެވުނު ސާރވޭއިން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފާރާތްތަަކަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމާއި އެ ފަރާތްތައްތަކަށް ލުއި ފަސޭހަ ގޮތެއްގައި އަދާކުރެވޭނެ ވަޒީފާތަކެއް ހޯދުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވައި ކަމަށް ވަނީ ވިދާޅުވެފައެވެ.

