ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމުތަައް މަދު ކުރަން ޖެހޭ، މާލީ އިދާރާތަކުގެ އެހީއަށް އެދެވެން އޮތީ އެއަށްފަހު: ޑރ. ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ އެންމެ މުހިންމު ފިޔަވަޅަކީ ސިޔާސީ މަގާމުތަކުގެ އަދަދު ދަށްކުރުންކަމަށް ހަދައި، ރާއްޖެ ޑިފޯލްޓަށް ހިނގައިދާނެ ހުރިހާ ފުރުސަތެއް ނައްތާލަން ޖެހޭކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްހީދު ވިދާޅުވީ ރީފޯމް އެޖެންޑާގެ ދަށުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިވަގުތު ހުށަހަޅާފައިވާ ބިލުތަކުގެ ތެރޭގައި އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭ ކަމަށެވެ. އެކަމަކު ތާއީދު ނޫނީ ޝަމްހީދު ވިދާޅުވި ގޮތުގައި މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް އޮތް ވަގުތެއްގައި ވެސް އެ ކަންބޮޑުވުންތަކަށް އަޑުއެހުމެއް ނެތި، އަގަށް ބަދަލު ގެނައުމެވެ.

ޝަމްހީދު ވިދާޅުވީ ސަރުކާރުން ކުރަންވީ ކަމަކީ ސިޔާސީ މަގާމުތަކުގެ އަދަދު ދަށްކޮށް، ރިކަރަންޓު ހަރަދު ކުޑަރުމެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރާއަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ދައުލަތުން ސިޔާސީ މަގާމުތަކަށް 700 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. އަދި ވިދާޅުވީ މި ބޭކާރު ހަރަދު ކުޑަކޮށްގެން ނޫން ގޮތަކަށް، ބޭރުގެ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގައި އެހީއަށް އެދެވޭނެ ގޮތެއް ނެތްކަމަށެވެ.

ދެން މި ހުންނަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ކޮންމެހެން ވެސް ކުރަން ޖެހޭ ކަންތައްތައް… އަޅުގަނޑުމެން މި ބުނަނީ، ބޭނުން ނުވާވަރަށް ވަޒީފާ އުފައްދައިފިޔޭ.. އެ ކަންކަން ހައްލުކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކަށް ނެތޭ ކޮންވިންސްކޮށްދެވެން ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން..

ޝަމްހީދު ވިދާޅުވީ 2025، ނުވަތަ 2026 ގައި ގައުމު ޑިފޯލްޓަކަށް ގޮސްދާނެ ހުރިހާ ހާލަތްތައް ނައްތާލަން ޖެހޭކަމަށެވެ. އަދި އެމްޑީޕީ ޕާލިމަންޓު ގުރޫޕު ދެމި އޮންނާނީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކަށް ފާރަވެރިވެ، މާލީ އިދާރާތްތަކުގެ އިރުޝާދަށް އަމަލު ކުރާ މިންވަރު ބެލުމުގައިކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މީގެއިތުރުން ޝަމްހީދު ވަނީ، މިއަދު މަޖިލީހުގެ ތަޅުމަށް އެ ޕާޓީން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރު ކުރުމަކީ އަލުން އެފަދަ ދެވަނަ މައްސަލައެއް ހުށަނާޅާނެ ސަބަބެއް ނޫންކަމަށް ވިދާޅުވެފަ އެވެ. ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުށަހެޅުއްވި މައްސަލަ ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: