ކ. ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ބޭނުންވާ ފަރާތްތަކުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ( އެޗްޑީސީ ) އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެ ކުންފުނިންކުރި ޢިޢުލާނުގައި ބުނެފައިވަނީ ކ. ތިލަފުށިން ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިކަން ހުރި ކަމަށާއި އެގޮތުން އަމިއްލަ ފަރާތްތަކާއި އަދި އަމިއްލަ ކުންފުނިތަކުން، ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އެ ކޯޕަރޭޝަންއަށް ހުށަހެޅުމަށްވަނީ އެދިފައެވެ. އެޗްޑީސީއިން ބުނެފައިވަނީ ބިމުގެ ޖާގަ ހުރި ވަރަށް ބަލައި ތިލަފުށި މާސްޓަރ ޕްލޭން އާއި އެ ކޯޕަރޭޝަނުގައި ހެދިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.
ބިން ކުއްޔަށް ނެގުމާއި އަދި އެހެނިހެން މަޢުލޫމާތުތައް ސާފުކުރުމަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރ 1516 އަށް ގުޅުއްވުމަށް ވަނީ އެދިލައްވައިފައެވެ.

