ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް ކުޑަފަރީގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް ކުޑަފަރީގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން، ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމްގައި، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުދީފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ސެންޓަރާއި ނ. ކުޑަފަރީ ޕޮލިސް ޕޯސްޓު ގުޅިގެންއެވެ. އަދި މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ  ޖޫން 30 އިން ޖުލައި 1 އަށެވެ. މި ޕްރޮގްރާމްގައި މައުލޫމާތުދީފައިވަނީ ސައިބަރ ސެންޓަރުގެ ފުލުހުންނެވެ.

މި ޕްރޮގުރާމުގައި ސްކޫލު ދަރިވަރުންނަށާއި ފުރާވަރު ކުދިންނަށް އަމާޒުކޮށް އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވެތިވުމަށް މަސައްކަތްކުރާނެ ގޮތްތައް ވަނީ ކިޔާދެއްވައިފައެވެ. އަދި އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަންކަމުގައި އެއްވެސް ކަމެއްދިމާވެއްޖެ ހާލަތުގައި، އަމަލު ކުރަންވަންވީ ގޮތް ވަނީ ކިޔައިދެއްވައިފައެވެ.

މީގެ އިތުރުން އިންޓަނެޓްގައި އާންމުކޮށްގެން ނުވާނެ މަޢުލޫމާތު ދަރިވަރުންނަށް ވަނީ ބުނެދެެއްވައިފައެވެ. އަދި އިންޓަނެޓް ޝިކާރައަކަށްވާ މީހުންނަށް އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވައި އެފަދަ ކަންކަމުގައި ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ބެލެނިވެރިންނާއި ސްކޫލް މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި، މަކަރާއި ހީލަތުން އޮޅުވައިލައިގެން ފައިސާ ހޯދުމުގައި ބޭނުންކުރައްވަމުން ގެންދާ އެންމެ ފަހުގެ އުކުޅުތަކާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މަޢުލޫމާތުވަނީ ދެއްވައިފައެވެ. އަދި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކު ހިއްސާނުކުރުމަށް މައުލޫމާތު ދެއްވައި އަދި ކުދިން ގެންގުޅޭ މޮބައިލްފޯނާއި ޓެބްލެޓް ފަދަ ތަކެތި މޮނީޓަރ ކުރެވޭނެގޮތްތައް ވެސް ކިޔައިދެއްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: