ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުހިމެނޭ 98 ޕްރޮޖެކްޓަކަށް ފަންޑުކުރިއިރު، ބަޖެޓުކުރި 672 ޕްރޮޖެކްޓުގެ އިތުރު އެއްވެސް މާލީ މަސައްކަތެއް ނެތް: އޮޑިޓު

ފޮޓޯ: ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ތެރޭގައި ބަޖެޓުކޮށްފައިނުވާ 98 ޕްރޮޖެކްޓަކަށް ސަރުކާރުން ހަރަދުކުރިކަމަށް އޮޑިޓާރ ޖެނަރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ބަޖެޓު ރިވިއު ރިޕޯޓުގައި އޮޑިޓް އޮފީހުންވަނީ ޕީއެސްއައިޕީ މަސައްކަތްތަކަށް އެ އަހަރުގެ ބަޖެޓުން ކުރެވިފައިވާ ހަރަދުތަކުގެ މަސައްކަތްތަކުގައި ފާހަގަކުރެވިފައިވާ ބައެއް މައްސަލަތައް ހިއްސާކޮށްފައެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ޕީއެސްއައިޕީއަށް ހަރަދުކުރުމަށް ފާސްކޮށްފައިވަނީ 8.6 ބިލިއަން ރުފިޔާކަމަށްވާއިރު އެ އަަހަރުގެ އޮކްޓޯބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާލާލުމުން އެ އަދަދަށް ވުރެ އިތުރުވެފައިވާކަން ފެނިގެންދާކަމަށާއި 9.3 ބިލިއަން ހަރަދުކުރިކަމަށް މައުލޫމާތު ދީފައިވެއެވެ.

މިއީ ބަޖެޓު ކުރެވިފައިވާ ވަރަށްވުރެ 8 އިންސައްތަ އިތުރު އަދަދެއް ނަމަވެސް ކައިރިން ކަންކަން ބަލާލުމުން 501 މަޝްރޫޢުއެއްގެ ބަޖެޓަށްވުރެ އިތުރަށް ހަރަދުކޮށްފައިވާކަން ފެނިގެންދާކަމަށާއި އެގޮތުން 4.6 ބިލިއަނަށްވުރެ އިތުރު އަދަދެއް ކޮށްފައިވާއިރު ބަޖެޓުގައި ނުހިމެނޭ މަޝްރޫޢުތަކަށް ކޮށްފައިވާ ހަރަދުތައްވެސް މި އަދަދުގައި ހިމެނޭނެކަމަށް މައުލޫމާތު ދީފައިވެއެވެ.

2023 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ 672 ޕްރޮޖެކްޓެއްގެ އިތުރު އެއްވެސް މާލީ މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް ބުނެފައިވާއިރު މި ހުރިހާ މަސަައްކަތެއް ކުރިއަށް ގެންދިއުމަށްޓަކައި 1.60 ބިލިއަނަށްވުރެ އިތުރު އަދަދެއް ހިމަނާފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ސަރުކާރުންވަނީ އެ އަހަރު ބަޖެޓުކޮށްފައިނުވާ 98 މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށްޓަކައި ހަރަދުކޮށްފައިކަމަށާއި އެކަމަށް ޖުމުލަ 333 މިލިއަންގެ ހަރަދެއް ހިނގިކަމަށްވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: