މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ ހުސްވެފައިވާ ނައިބުރައީސް ކަމަށް ވާދަކުރުމަށް އެޕާޓީން ހުޅުވާލައިފިއެވެ.
އެމްޑީޕީން ކުރި އިއުލާނުގައި ބުނެފައިވަނީ ދާއިރާތަކުންނާއި ރަށްތަކުން ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މި އިންތިޚާބު ކުރިއަށް ދިޔުމަށް ހަމަޖެހިފައިވަނީ 02 އޯގަސްޓް 2024 ވާ ހުކުރު ދުވަހު ކަމަށެވެ. އަދި މި މަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 13 ޖުލައި 2024 ވާ ހޮނިހިރު މެންދުރު 2:00 ގެ ކުރިން ހުށައެޅުމަށް އެމްޑީޕީންއިން ވަނީ އެދިފައެވެ.
މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 1 ޖުލައި 2024 އާއި ހަމައަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުމާއި އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުން ހިމެނެއެވެ.

