ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ހާލަތުގެ މައުލޫމާތުތައް ހޯދުމަށް، ހާޝިމް މާދަމާ ކޮމިޓީއަށް ހާޒިރު ކުރަނީ!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތާއި، މާލީ ގޮތުން މިވަގުތު އޮތް ހިސާބުގެ މައުލޫމާތުތައް ހޯދުމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރ އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާގެ 11:00 ގަ އެވެ. ހާޝިމްއާއި އެކު ބައްދަލުވުމަށް ޑެޕިއުޓީ ގަވަނަރު އަހުމަދު އިމާދާއި، އެސިސްޓެންޓް ގަވަނަރު އިދުހާމް ހުސެއިން ވެސް ވަޑައިގަންނަވާނެ އެވެ.

ހާޝިމް ކޮމިޓީއަށް ހާޒިރު ކުރަނީ، ރައްޔިތުންގެ މަޖިލީހަށް މިވަގުތު ހުށަހަޅާފައިވާ ދަރަނި މެނޭޖު ކުރުމާއި ފިކްސަލް ޒިންމާގެ ބިލުގެ ބަހުސްގައި ގަވަނަރު ޒިންމާ އަދާނުކުރާކަން ފާހަގަކޮށް ދެކެވުނު ވާހަކައިގެ ތެރެއިންނެވެ. ހާޝިމް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާތީ، ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ.

އެ ދުވަހުގެ ޖަލްސާގައި މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ނަމަވެސް ހާޝިމަށް އެ ޒިންމާ އަދާކުރެވިފައި ނެތް ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ގަވަނަރުގެ އެއްވެސް ލަފައެއް ވެސް ލިބިފައި ނުވާކަން ފާހަގަކުރެއްވި އެވެ.

އެ މައްސަލަ ނަންގަވައި، ހާޝިމް މަގާމުން ވަކި ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވެސް ނާޒިމް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް މެމްބަރުން ތާއީދުކޮށް، އޭނާ މަގާމުން ވަކި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

މާދަމާ ހާޝިމް ކޮމިޓީއަށް ހާޒިރު ކުރަނީ، އެ މައްސަލައިގައި ޖަވާބުދާރީވުމަށް ނޫނެވެ.

އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުގައި އެ އޮތޯރޮޓީގެ ގަވަނަރާއި ޑެޕިއުޓީ ގަވަނަރު އައްޔަނުކޮށް ވަކި ކުރާނީ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: