ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑިޕީއަކީ އުފެއްދުންތެރިކަން ނައްތާލަން މަސައްކަތް ކުރި ބައެއް: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ސަރުކާރަކީ ރާއްޖޭގެ އުފެއްދުން ތެރިކަން ނައްތާލަން މަސައްކަތް ކުރެއްވި ބައެއް ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ނިލަންދޫ ދާއިރާގެ މެމްބަރ ފާތިމަތު ސަޢުދާ ހުށަހަޅުއްވައިފައިވާ، ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއަށް އިސްލާޙު ގެނެއުމުގެ ބިލަށް ބަހުސް ކުރައްވަމުން މަމްދޫހު ވިދާޅުވީ، އުފެއްދުން ތެރިކަން ދިވެހިރާއްޖެއިން ނައްތާލަން އެމްޑީޕީއިން މަސައްކަތްކުވި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިސާދު ހަލާކުވެގެން ދިޔައިރުވެސް، ރާއްޖެއަށް އާމްދަނީ އިތުރު ކުރުމަށް މަސައްކަތެއް ނުކުރައްވައި ކަމަށް މަމްދޫހު ވަނީ ފަހަގަކުރައްވައިފައެވެ.

ދިވެހި އެތައް ރައްޔިތުންނެއް ކުރައްވަމުން ގެންދިޔަ މަސައްކަތްތައް ފުޑުފުޑުވެ ކުޑިކުޑިވެގެން ދިޔައިރުވެސް، މި ދެންނެވި ގޮތަށް މިފަދަ ހިމާޔަތެއް ޤާނޫނުން އުފެއްދުންތެރިކަމާއި މަސައްކަތްތެރިންނަށް އަދި ފަންނުވެރިންނަށް ދޭކަށްވެސް،

މަމްދޫހު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު ކުރިއެރުމަށް އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކުރެއްވިނަމަ، އެކަމުން ދިވެހިރާއްޖޭގެ އިޤްތިސާދަށް ކުޑަވެސް ރަނގަޅު ހެޔޮ ބަދަލެއް ގެނެސްދެއްވި ބަޔަކަށް އެމްޑީޕީގެ ސަރުކާރުން ވެގެންދާނެކަމީ ސައްކެއްއޮތް ކަމެއް ނޫން ކަމަށް ފާހަގަކުރެއްވިއެވެ. މިއަދު ޕީޕީއެމް/ޕީއެންސީގެ ސަރުކާރުން މަސައްކަތް ކުރައްވަމުންދަނީ އެފަދަ ފަންނުވެރިންގެ ހައްޤުތައް ހިމާޔަތް ކުރައްވަން ކަމަށް މަމްދޫހު ވިދާޅުވިއެވެ.

މީގެ އިތުރުން މަމްދޫހު ވިދާޅުވީ، މި ޤާނޫނުއާއެކު ގިނަ އަދަދެއްގެ ފަންނުވެރިންނަށް ނުކުރެވި ހުރި މަސައްކަތްތައް ފެށުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ޤާނޫނުއާއެކު ފަންނުވެރިންގެ މަސައްކަތަށް ރައްކާތެރިކަން ލިބި އެކަން ކަށަވަރުވެގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. މަމްދޫހު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން މަޖިލިހަށް ކުއްލި މައްސަލަ ހުށަހަޅައި ވަގުތު ނަގައި ލުމުގެ ބަދަލުގައި މަޖިލިހަށް ހުށަހަޅައި ޙާއްސަ އިސްލާހުތަށް އަންނައިރު ބިނާކުރަނިވި ގޮތަކަށް ބަހުސް ކުރައްވަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: