ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި އެކައުންޓަންޓުން އުފެއްދުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުން: މިނިސްޓަރ

މިނިސްޓަރ ޝަފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެގައި ދިވެހި އެކަންއުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަވަމުންދާކަމަށް މިނިސްޓަރ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެކައުންަެންޓުންނަކީ ބޮޑު އާމްދަނީއެއް ލިބޭ ބަޔެއްކަމަށެވެ. އަދި ރާއްޖޭގައި އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ގިނަ ސްކޮލަރޝިޕްތަކެއް، އެކަންއުންޓަންޓުން ދާއިރާއިން ހުޅުވައިލެވިފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން، މިނިސްޓަރ ވިދާޅުވީ، ދިވެހި އެކައުންޓަންޓުން ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މަސައްކަތްކޮށް އާމްދަނީ  ހޯދާތަން ދެކެން ބޭނުންވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: