ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމިން ވެރިކަން ކުރީ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލައިގެން: ފައިސަލް

ޕީއެންސީ ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަން ކުރެއްވީ އިދިކޮޅު ސިޔާސީ ވެރިން ޖަލަށް ލައިގެން ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހައިގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ރައީސް ޔާމިނަށް ވެރިކަމަށް އާދެވުނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޮޓޯފުޅު ދައްކައިގެން ކަމަށެވެ. ނަމަވެސް ވެރިކަން ލިބުނު ސަބަބު،  ޖަލުގައި ބަންދު ކުރިކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމިން ވެރިކަން ކުރެއްވީ ދިވެހިރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން ޖަލަށް ލައިގެން ކަމަށާއި އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރކާނަލް މުހައްމަދު ނާޒިމް އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހިމެނޭ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. ފައިސަލް ވިދާޅުވީ، އެކަމުގެ ނަތިއްޖާއެއް ގޮތުން ރައްޔިތުން ރައީސް ޔާމިނަށް ބޮޑު ތަނުން ނޫނެކޭ ބުނެއްވި ކަމަށެވެ.

”އޭރު އެބުނާ ހުސްގޮނޑި އަޅުގަނޑުމެން ދެއްކިއްޔާ އޭރު ދެއްކި ފޮޓޯއަކީ ރައީސް މައުމޫނުގެ ފޮޓޯ. ރައީސް މައުމޫނުގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެން އެބޭފުޅާގެ ތުއްދޮންބެ ގެންގޮސް ބޭންދީ 7 މަސް ދުވަސް ވަންދެން ޖަލުގައި.“ ފައިސަލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ރައީސް މައުމޫން ހައްޔަރުކޮށް ޖަލައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ތުހުމަތު ކުރި އެވެ. އަދި އެމަނިކުފާނު މިނިވަންވީ މަތީ ކޯޓުތަކުން ޖަލު ހުކުމް ބާތިލު ކުރުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: