ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޝަނަލް އިންޓަގްރޭޓެޑް މައިގްރަންޓް ޑޯމިޓޯރީގެ މަސައްކަތްތައް މެލޭޝިއާ ކުންފުންޏަކަށް!

ރާއްޖޭގައި ދރިއުޅެމުންދާ ބިދޭސީން: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބެލެހެއްޓުމުގެ ގޮތުން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މެލޭޝިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުން ރާއްޖޭގެ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިންވަނީ އެ ގައުމުގެ އާޓިފިޝަލް އިންޓެލިޖެންސާއި އެފަދަ މަސައްކަތްތަކުގައި އެންމެ އިސް ސަފުގައި ފިޔަ ޖަހާ އެއް ކުންފުނިކަމަށްވާ ”ޖީ3 ގްލޯބަލް ބީއެޗްޑީ“ އަށް މަސައްކަތްތައް އެވޯޑުކޮށްފައެވެ. އަދި މިނިސްޓްރީއިންވަނީ ނެޝަނަލް އިންޓަގްރޭޓެޑް މައިގްރަންޓް ޑޯމިޓޯރީގެ ހުރިހާ މަސައްކަތްތަކެއް އެ ކުންފުންނާއި ހަވާލުކޮށްފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ޖީ3 ކުންފުނިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ނެޝަނަލް އިންޓަގްރޭޓެޑް މައިގްރަންޓް ޑޯމިޓޯރީ ސިސްޓަމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދިރިއުޅުމުގެ ފެންވަރާއި އެފަދަ ކަންކަން ބެލެހެއްޓުމަށްޓަކައި ބިނާކުރެވިފައިވާ ޑިޖިޓަލް ޕްލެޓްފޯމެއްކަމަށެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މި މަޝްރޫޢު ކުރިއަށް ގެންދާނީ ޕްރައިވެޓް ޕަބްލިކް ޕާޓްނާރޝިޕު މޮޑެލްއެއްގެ މައްޗަށް ކަމަށާއި ޕްރައިވެޓް ފައިނޭންސް އިނިޝިއޭޓިވްތައްވެސް ހިމެނޭކަމަށާއި މިކަމުން ލިބޭ މަންފާވެސް ދިވެހި ސަރުކާރާއިއެކު ހިއްސާކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ އެއްބަސްވުން އެންމެ ފުރަތަމަ ގާއިމުކުރެވިގެންދާނީ 30 އަހަރުގެ މުއްދަތަކަށް ކަމަށާއި ފެށިގެންދާނީ ބިމުގެ އެއްބަސްވުން ގާއިމުކުރެވުމާއިއެކުކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. އަދި ފުރަތަމަ ތިރީސް އަހަރު ނިމުމާއިއެކު އިތުރު ތިރީސް އަހަރަށް އޮޓަމެޓިކުން އެއްބަސްވުން އާވެގެންދާނެކަމަށްވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: