ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ބޯޑަރ މޮނީޓަރ ކުރުމަށް ޗައިނާ އަދި އެމެރިކާއިން ކަސްޓަމްސްއަށް ޑްރޯން ދެނީ

ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުތައް މޮނިޓާ ކުރުމަށް ޑްރޯންތަކެއް ގެނައުމަށް ނިންމާފައިވާކަން ކަސްޓަމްސް އިން ހާމަ ކޮށްފިއެވެ.

މިކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ މިހާތަނަށް އައިރު، ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުތައް މޮނީޓަރ ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތްކަމަށެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް ޖަޕާނު ސަރުކާރުގެ ފަރާތުން 85 ފޫޓުގެ އުޅަނދެއް ލިބޭނެކަމަށް މާނިއު ވިދާޅުވިއެވެ. އަދި އިނާ ސަރުކާރުގެ ފަރާތުން ވެސް ދެ އުޅަނދެއް ލިބޭނެކަމަށާއި، އެމެރިކާ އިން ވެސް އުޅަނދެއް ލިބޭނެ ގޮތަށް ވަނީ ހަމަޖެހިފައިކަމަށް ވިދާޅުވިއެވެ.

ޑްރޯންގެ މުހިންމުކަންފާހަގަކޮށް މާނިއު ވިދާޅުވީ، ފިޒިކަލީ ގޮސް ބަލައިގެން ނޫނީ، މި ސަރަހައްދަށް ބޭރުން އަންނަ ވެސަލްތައް މޮނިޓާ ނުކުރެވޭނެކަމަށެވެ.

ޑްރޯންއެއް ފޮނުވައިގެން އޭތި މޮނިޓާ ކުރުމަށްފަހު، ތުރެޓެއް އުޅެންޏާ ވެސަލް ފޮނުވާ ގޮތަށް މި ހަމަޖައްސަނީ.

މާނިއު ވިދާޅުވ އެވެ.

މީގެ ކުރީގައި މިހެން އަންނަ އުޅަނދުތައް މޮނީޓާ ކުރާނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާއިއެކުކަމަށާއި، މިއީ އެއްބަސްވުމެއްގެ ދަށުން ކުރެވޭ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ. ޑްރޯންތައް ގެނައި ނަމަވެސް، މި ޑްރޯންތައް އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގައި އަލަށް އުފެއްދި އެއާކޯއާ ގުޅިގެން ކަމަށްވިދާޅުވިއެވެ.

އެއާކޯއާއުފެއްދީ ތުރުކީއިން ޑްރޯންތައް ގެނައުމަށްފަހުއެވެ. ނ. މާފަރު އެއާޕޯޓުގައި ތުރުކީއިން ގެނައި ދެ ޑްރޯން މިހާރު އަންނަނީ އޮޕަރޭޓް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: