ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރުގެ ގާނޫނު އިސްލާހުކޮށް ސްޕޯޓްސް އާބިޓްރޭޝަންއެއް އުފައްދަނީ

ސްޕޯޓްސް މިނިސްޓަރ ރާފިއު: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕޯޓްސް އާބިޓްރޭޝަންއެއް އުފެއްދުމަށް ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމާފައިވާކަން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ހާމަ ކުރައްވައިފިއެވެ.

މިއަދު މަޖިލީހަށް މިނިސްޓަރު ރާފިއު ވަނީ ހާޒިރުކޮށްފައެވެ. މިހާރު މިނިސްޓްރީއިން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކާއި ގުޅިގެން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ސްޕޯޓްސް އާބިޓްރޭޝަން ހެދުމަށްޓަކައި ބޭނުންވާ އިސްލާހު މި ހަފްތާގައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށެވެ.

މިއީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެހެންކަމުން ކުޅިވަރުގެ ގާނޫނަށް މިހާރު ގެނެވިގެންދާ ބަދަލުގައި އެކަން ހިމަނާފައިވާނެކަމަށެވެ.

އިރާދަކުރެއްވިޔާ މިހަފްތާގެ ތެރޭގައި އޭޖީ އޮފީހަށް ފޮނުވާ ގޮތަށް މިހާރު އޮތީ އެމެންޑްމެންޓްސް އަޅުގަނޑުމެންގެ މިނިސްޓްރީން މިއަދު ނޫނީ މާދަމާ އޭޖީ އޮފީހަށް ގެންދާ ގޮތަށް.

މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރުގެ މަޝްރޫއުތައް ލަސްވާތީވެސް މެންބަރުން ވަނީ ސުވާލުކޮށްފައެވެ. އެއީ ބަޖެޓުގައި ފައިސާ ނެތުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް، އެތައް ޕްރޮޖެކްޓްތަކެއް ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި ބައެއް މަޝްރޫއުތަކަށް ބަދަލު އަންނަމުންދާކަމަށް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެކަމަށް ބޭނުންވާ ފައިސާ ނުލިބި އެފަދަ މަސައްކަތްތައް ހުއްޓޭކަމަށް ވިދާޅުވިއެވެ.

މަޝްރޫއުތައް ހުއްޓޭ މައްސަލައަށް ހައްލު ހޯދުމަށްޓަކައި، އަހަރުގެ ފަހުކޮޅުގައި ބައެއް ކަންކަން ފެށުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި މަޝްރޫއަށް ބޭނުންވާ ބާކީ ފައިސާ ހިމަނާނެކަމަށާއި، އެގޮތުން މަސައްކަތް ނުހުއްޓި މަޝްރޫއުތައް ނިންމާލެވޭނެކަމަށް ރާފިއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: