ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ދުވަހުގެ ތެރޭގައި ލިއުމުން ޖަވާބު ނުދީފި ހާލަތެއްގައި ނޫނީ، މަޖިލީހަށް ވަޒީރު ނުގެނައުމަށް ލަފައިދީފި

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ދުވަހުގެ ތެރޭގައި ލިއުމުން ޖަވާބު ނުދީފި ހާލަތެއްގައި ނޫނީ މަޖިލީހަށް ވަޒީރު ނުގެނައުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ލަފާދެއްވައިފިއެވެ.

މިއަދުގެ މަޖިލީހަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ހާޒިރުކޮށްފައިވަނީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޛާކިރު ލަފައެއް ދެއްވާފައެވެ.

ސުވާލު އެއްސެވުމަށްފަހު، ފަލާހު ވިދާޅުވީ ދާއިރާއާއި ބެހޭ ގޮތުން ސުވާލެއް ފޮނުވައިގެން ވަޒީރަށް ތިން ދުވަހުގެ ތެރޭގައި ލިއުމުން ޖަވާބު ނުދެވިއްޖެ ހާލަތެއްގައި ނޫނީ މަޖިލީހަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ބަލަން ޖެހޭކަމަށެވެ. މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނައިރު މިއީ ބަލާލުން ރަނގަޅުކަމެއްކަމަށް ފަލާހު ވިދާޅުވިއެވެ.

މި މަޖިލީހުގެ ގަވައިދު އިސްލާހުކުރާ އިރުގައި، ރަނގަޅުކަމެއް ކަންނޭނގެ އަޅުގަނޑަށް ހީވަނީ ބަލައިލަން.

ފަލާހު ވިދާޅުވިއެވެ.

ފަލާހުގެ މި ވާހަކައަށް މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އެއްވެސް ޖަވާބެއް ނުދެއްވައެވެ.

މިހާރު އޮންނަ ގޮތުންނަމަ މެންބަރު ސުވާލު ހުށައެޅުމަށްފަހު، ޖެހިގެން އަންނަ ތިން ދުވަސް ތެރޭގައި ވަޒީރު ހާޒިރުވާން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: