ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ކަރަންޓު ބިލުގެ ބޭނުންކޮށްގެން ރައްޔިތުން ލޫޓުވައެއް ނުލާނެ: ނަސީރު

އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަރަންޓު ބިލުގެ ބޭނުންކޮށްގެން ރައްޔިތުން ލޫޓުވާ ނުލާނެކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ކޮންމެ މަހަކު ރައްޔިތުންނަށް ލިބޭ ކަރަންޓު ބިލު ބޮޑުވަމުން ދާތީ، އެ މައްސަލަ ބަލަން ގޮވާލައި މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ. އެމްޑީޕީ ހުށަހެޅި އެކި ކުއްލި މައްސަލަތައް ބޭރު ކުރުމަށް ފަހު، މިއަދުގެ މައްސަލަ ބަލައިގަތީ އެއީ ރައްޔިތުންނާއި ގުޅުން ހުރިކަމަކަށް ވާތީކަމަށް މެމްބަރުން ވިދާޅުވި އެވެ.

މައްސަލަ ބަލައިގަނެ ބަހުސް ކުރިޔަށް ގެންދެވި ވަގުތު، ކުޑޫ ތަޅުމުގައި ނެތުމުން ނަސީރު ވިދާޅުވީ އެކަން ފާހަގަކޮށް އެމްޑީޕީގެ މެމްބަރުންގެ ރަނގަޅު ނިޔަތެއް ނެތްކަމަށް ބުނަން ޖެހޭ ސަބަބަކީ އެއީކަމަށެވެ. ނަސީރު ވިދާޅުވީ ކަރަންޓު ބިލު ބޮޑުވެ ދިމާވި ދަތިތަކަށް ސަރުކާރުން ޑިސްކައުންޓާއި ސަބްސިޑީ ދީފައިވާކަމަށެވެ. އަދި ކަރަންޓުގެ ރޭޓިންއަށް ވެސް ބަދަލު ގެނައިކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށެވެ.

ދިވެހިރާއްޖޭގައި ކަރަންޓުގެ މައްސަލަ އުފެދިގެން މިއައީ ހަމަ އަޅުގަނޑަށް ފާހަގަކުރެވެނީ ސިޔާސީ ޕާޓީތައް އުފެދުނު ހިސާބުންހެން. އެ ދުވަސްވަރަކު ފަސް އަހަރުން ފަސް އަހަރުން ވެރިކަން ބަދަލުވަމުންދާއިރު، މި މައްސަލައަށް ހައްލު ނައިސް، މިއަދާ ހިސާބަށް މި މައްސަލަ މިއޮތީ އައިސް.

ނަސީރު ވިދާޅުވީ ކަރަންޓުގެ މައްސަލަ އުފެދިގެން އަންނަނީ ކަރަންޓުގެ ވިއުގާ އުފެދިގެން އައިރު، ހެދިފައި ހުރި ގޯސްތަކުގެ ސަބަބުންކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާ ކަރަންޓުގެ ކެޕޭސިޓީއާއި އެއްވަރަށް ކަރަންޓު ފޯރުކޮށްނުދެވުމަކީ އެއް މައްސަލަކަމަށް ފާހަގަކޮށް ނަސީރު ވިދާޅުވީ އެކަމުގެ ސަބަބުން ޕްރެޝަރު ބޮޑުވެ ކަރަންޓު އުފައްދަން ކުރާ މަސައްކަތް އިތުރުވުމުން ބިލު ބޮޑުވާނެކަމަށެވެ. ކަރަންޓު އެޅުމުގައި ހިމަ ނަރުތަކެއް ބޭނުންކޮށްފައި ހުރުމުގެ ސަބަބުންވެސް މި މައްސަލަ ނިކުންނަކަމަށް މެންބަރު ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް އިރާދަ ކުރެއްވިއްޔާ މިސަރުކާރުން މިދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން.

މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށް ނަސީރު ވިދާޅުވީ، ރާއްޖެއިން ބޭރުން ކޮންސަލްޓެންޓުން ހޯދައިގެންވެސް މަސައްކަތްތަކެއް ކުރެވިދާނެކަމަށެވެ. ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްގެން ނޫނީ މި މައްސަލައަށް ހައްލު ނުގެނެވޭނެކަމަށް ނަސީރު ވިދާޅުވިއެވެ. ތިން އަހަރުގެ ތެރޭގައި ރައްޔިތުން ބޭނުންވާފަދަ ހައްލެއް ކަރަންޓު ވިއުގާއަށް ގެނެވޭނެކަމަށް ނަސީރު ވިދާޅުވިއެވެ.

މި ސަރުކާރުން ކަރަންޓު ބިލުގެ ބޭނުންކޮށްގެން ރައްޔިތުން ލޫޓުވާނުލާނެކަމަށް އޭނާ ވިދާޅުވިއެވެ. ކަރަންޓު ބިލަކީ ރައްޔިތުންނަށް އެފޯޑުކުރެވޭވަރުގެ އެއްޗަކަށް މި ސަރުކާރުން ހައްދަވައިދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. ޕީއެންސީއިން ވެރިކަމާއި ހަވާލުވީ މިހެން ހުރި ހުރިހާ މައްސަލައަކަށް ހައްލު ހޯދައިދީ ރައްޔިތުންނަށް ހެޔޮ ގޮތް ގެނެސްދިނުމަށްކަމަށް ފާހަގަކޮށް ނަސީރު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ބައްޓަންވެގެންދާނީ އެކަން ހާސިލްވާނެ ގޮތަށްކަމަށެވެ.

އަސާސީ ހިދުމަތްތައް އަތް ފޯރާ ފަށަށް ގެންނާނެކަމަށް ފާހަގަކޮށް ނަސީރު ވިދާޅުވީ މި މައްސަލަތައް ބޮޑުވެފައި މިވަނީ ދައުލަތާއި ހަވާލުވާ ފަރާތްތަކުންވާ އިހުމާލުގެ ސަބަބުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: