ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރުގެ މައްސަލަ: ބޭރު ޑޮކްޓަރުންގެ ހެކި ބަސް ނެގުމުގައި ދަތިތަކެއް!

މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިން އެސްވައި/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުގައި ހުރި ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާގެ ޝަރީއަތަށް ހެކި ބަސް ނެގުމަށް ބޭރު ޑޮކްޓަރުން ހާޒިރު ކުރުމަށް ދަތިތަކާއި ދިމާވެއްޖެ އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހަލީމަތާއި އެކު ދެން ހައްޔަރުކޮށްފައި ވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި އެވެ. 2021، އޮކްޓޯބަރު  ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، މާވިން އެވެ. އޭނާއަކީ ވެސް ލަމްހާއައި، މޭރީއާއި އެކު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަނީ ވަކީވަކީންނެވެ. އެގޮތުން ލަމްހާގެ ޝަރީއަތުގައި ދައުލަތުން ބުނީ އިންސާނެއްގެ ހަށިގަނޑަކަށް އިންޖެކްޓުކޮށް އެ މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެ ގޮތްތައް ބަލައި، އޭނާ އެކަން ކުރާނެ ގޮތް މާވިންއަށް ކިޔައިދިނީ ލަމްހާ ކަމަށެވެ.

މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. ދުވަސްތަކަށް ފަހު، އަނެއްކާވެސް ޝަރީއަތްތައް ހިނގަން ފެށި ނަމަވެސް މައްސަލައިގައި ބޭރު ޑޮކްޓަރުން ކޯޓަށް ހާޒިރު ކުރުމުގައި ގާނޫނީ ހުރަސްތަކެއް ވަނީ ދިމާވެފަ އެވެ. އެއީ ރާއްޖެއިން ބޭރުގައި ތިބޭ މީހުންގެ ހެކި ބަސް ނަގަމުން އަންނަ އުސޫލަކީ އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީއަކަށް އެ މީހަކު ހާޒިރުކޮށް އޮންލައިންކޮށް ޝަރީއަތުގެ މަޖިލީހާއި ގުޅިގެން ހަކި ބަސް ނެގުން ކުރިޔަށް ގެންދާތީ އެވެ.

މި އުސޫލުން ގިނަ މައްސަލަތަކުގައި ހެކި ބަސް ނެގި ނަމަވެސް، މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން އެމްބަސީއަށް ހާޒިރު ކުރުމުގެ ކުރިޔަށް އެ ގައުމެއްގެ ސަރުކާރުގެ ހުއްދަ ހޯދަން ޖެހެ އެވެ.

ރިޕޯޓުތައް ތައްޔާރު ކުރި ޑޮކްޓަރުން ހިމެނޭ ގޮތަށް، ރާއްޖެއިން ބޭރުގައި ތިބި ބައެއް މީހުންގެ ހެކި ބަސް ނެގޭނެ ދުވަހަކާއި މެދު ވަނީ ސުވާލު އުފެދި އެވެ. އިންޑިއާގައި މިވަގުތު ތިބި ދެ ޑޮކްޓަރުން ވެސް ހެކި ބަސް ދިނުމަށް، ތައްޔާރު ނަމަވެސް ފޮރިން މިނިސްޓްރީން އެ މީހުންގެ ހެކި ބަސް ނެގުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ނުވެ އެވެ.

މިއަދަށް ހެކި ބަސް ނެގުން ތާވަލު ކުރި ނަމަވެސް، ދައުލަތުގެ ވަކީލުން ވިދާޅުވީ އެމްބަސީތަކަށް މީހުން ހާޒިރު ކުރަން ގާނޫނީ ހުރަސްތަކެއް އެބަހުރިކަމަށެވެ. އަދި އެކަމުގައި އަމަލު ކުރާނެ ގޮތެއް ހޯދުމަށް މިނިސްޓްރީގައި އެދިފައިވާނެކަން ހާމަކޮށް ވިދާޅުވީ ދިމާވެގެން އުޅޭ ދަތިތައް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައި ނެތް ކަމަށެވެ.

އެހެންވެ މިއަދު ނަގާފައި ވަނީ، މޭރީއާއި މާވިން ދިރިއުޅެމުން ދިޔަ އެޕްޓްމަންޓުން އެއް ކޮޓަރި ކުއްޔަށް ނަގައިގެން އުޅުނު އައިޖީއެމްއެޗުގައި އޭރު މަސައްކަތް ކުރަމުން ދިޔަ ނަރުހެކެވެ. އޭނާގެ ހެކި ބަހުގައި މިއަދު ވިދާޅުވީ، މޭރީ މަރުވީ ބެޑްޝީޓެއް ބޭނުންކޮށް ދަންޖެހިގެންކަމަށް ބުނި ނަމަވެސް އެ ބެޑްޝީޓު އޭނާއަށް ފެނިފައި ނުވާކަމަށެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްދަލަވަނީ، ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ލަމްހާ އާއި މާވިންގެ ގުޅުމުގެ ވާހަކަތައް މީޑިއާތަކުން ފެންމަތި ކުރުމުން އޭނާ ވަނީ އެހެން މީޑިއާއެއްގެ ނޫސްވެރިއަކާއި ބައްދަލުކޮށް އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، މާވިންއަށް ފަސޭހައިން މޭރީ ވަރި ކުރެވެން ނެތީ އެ މީހުން ނިސްބަތްވާ ފިލިޕީންސްގައި ގާނޫނުން އެކަމަށް ތަން ނުދޭތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: