ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓުގެ މައްސަލަ ހުށަހެޅިރު ނާޒިލްގެ މޫނުމަތީން އެއްވެސް އަސަރެއް ނުފެނޭ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންދާ މައްސަލަ ދިމާވާން މެދުވެރިވީ ކޮން ސަބަބަކާއި ހުރެކެން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީ މެމްބަރުންނަށްކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އިންޖީނުތައް ނުހިފެހެއްޓި އައްޑޫގެ ރަށްތަކުން ކަރަންޓު ކެނޑެމުން ދާ މައްސަލައިގައި ފެނަކައިން އަދި މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު ހިތަދޫގެ ކަރަންޓާއި އެކު އެހެން ބައެއް ރަށްތަކުގެ ކެނޑުމުން ފެނަކައިން ބުނީ މައްސަލަ ދިމާވީ އެޗްވީ ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށެވެ. އޭގެ ފަހުން އެކި ފަހަރު މަތީން ކަރަންޓު ކެނޑި، އެއްކޮށް އަދިވެސް މައްސަލަ ވަނީ ހައްލު ކުރެވެ ގޮތް ނުވެފަ އެވެ.

މި މައްސަލަ ބަލައިދޭން ގޮވާލައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅި ކުއްލި މައްސަލަ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިޣުލަބިއްޔަތުން ބަލައިގަނެފަ އެވެ.

މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސަށް ހުޅުވާލުމުން ފަލާހު ވިދާޅުވީ، އެމްޑީޕީން އައްޑޫގެ ކަރަންޓު ކެނޑޭ މައްސަލަ ހުށަހެޅުމުން ބަލައިގަންނަން ފެންނަކަމަށް ވޯޓު ދިނީ އެބޭފުޅުންގެ ކަންބޮޑުވުންތައް އޮވުމުގެ ސަބަބުން ކަމަށެވެ. އަދި ސަރުކާރު ހިމެނޭހެން، ޕީއެންސީގެ ޕާލިމަންޓު ގުރޫޕުން ބޭނުން ވަނީ ރައްޔިތުންނާއި ގުޅުން ހުރި މިފަދަ މައްސަލަތައް ހައްލު ކުރުމަށް ކުރިޔަށް ދާ މަސައްކަތް ހާމަކުރުންކަމަށް ވިދާޅުވި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ނާޒިލްގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދައި ފަލާހު ވިދާޅުވީ، އޭނާގެ މޫނުމަތީން އެ ކަންބޮޑުވުމުގެ އަސަރު ފެންނަން ނެތްކަމަށެވެ.

އެއީ މި ކުއްލި މައްސަލަ ހުށަހެޅިއިރު މޫނުމަތީން އެ އަސަރެއް ނެތް، ކިއުއްވުމުގައި އެ އަސަރު ހުރި..

ރައްދުގައި ނިޒާމީ ނުކުތާއެއް ނަންގަވައި ނާޒިލް ވިދާޅުވީ، މައްސަލަ އިއްވަންވީ ގޮތް ފަލާހު ބުނެދެއްވުމަށް އެދޭކަމަށެވެ. އެއީ ނިޒާމީ ނުކުތާއަކަށް ނުވާތީ، ފަލާހަށް ފުރުސަތު ދިނުމުން އޭނާ ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައިގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހިތާމަ ކުރާކަމަށެވެ. އަދި މި ސަރުކާރުން ދަނީ މި މައްސަލަ ހައްލު ކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުންކަމަށް ފަލާހު ވިދަޅުވި އެވެ.

ފަލާހު ވިދާޅުވީ ނާޒިލް މި މައްސަލަ ހުށަހެޅުއްވިއިރު، ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އަންނަން ޖެހުނު ސަބަބު ވަރަށް ރަނގަޅަށް އޭނާއަށް އެނގިވަޑައިގަންނަވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: