ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ގެނެވޭ ކޯޓާ އެސެސްމެންޓެއްގެ މައްޗަށް ކަނޑައެޅުމުގެ ބާރު ކެބިނެޓަށް ލިބިދޭ އިސްލާހެއް

ބިދޭސީންތަކެއް މަސައްކަތް ކުރަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް ގައުމަކުޖން ބިދޭސީން އެންމެ ގިނައިން ގެނެވޭ އަދަދު ކަނޑައަޅާނީ، އެސެސްމެންޓް ރިޕޯޓެއް އެކުލަވާލައި ކެބިނެޓުގެ މަޝްވަރާގެ މަތީންކަމަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަށް ކަނޑައަޅާނީ ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިކަމަށެވެ. އެސެސްމެންޓެއް ހަދަން ޖެހެނީ، އެ އަދަދުތައް ކަނޑައެޅުމަށްޓަކައި ހަދާ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރުތައް ދެނެގަތުމުގެ ރިޕޯޓުގައެވެ.

ބިލުގައިވާ ގޮތުން ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައިވާގޮތުގެ މަތީން ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދައިގެންނެވެ. ގާނޫނުގެ 65 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބިދޭސީން ގެނެވޭނެ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް އަދި އެއްގައުމަކުން އެންމެ ގިނައިން ބިދޭސިން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅިދާނެކަމަށެވެ. އެގޮތަށް ކަނޑައެޅުމުގައި މަސައްކަތުގެ ބާވަތްތައް ގިންތިތަކަށް ބަހާލުމުގެ ފުރުސަތު ގާނޫނުގެ ދަށުން ލިބިގެންދާނެ އެވެ.

އަދަދުތައް ކަނޑައެޅުމުގެ ކުރިޔަށް ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމެންޓެއް ހަދަން ޖެހޭއިރު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ގޮތެއް ނިންމާނީ އެ ކަރުދާހަށް ކުރާ މަޝްވަރާއަށް ފަހުއެވެ.

ގޮތް ނިންމުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންތަކުގެ ތެރޭގައި އެ ދާއިރާއަކުން ފަންނީ، އިލްމީ މީހުން ލިބެން ނެތުމާއި ބިދޭސީން އެ ދާއިރާއަކުން ވަޒީފާއަށް ނެގުމުގެ ސަބަބުން ކުރިއެރުން ލިބޭނެ މިންވަރެވެ.

މީގެއިތުރުން ކޯޓާ ކަނޑައަޅާއިރު ވަކި އަދަދަކަށް ވުރެ ގިނައިން އެ ގައުމަކުން ނުވަތަ ދާއިރާއަކުން ބިދޭސީން މަސައްކަތް ކުރަމުންދާ ނަމަ އެ އަދަދުގައި ހިފަހައްޓައި ކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާން ކުރަންވާނެކަމަށް ބިލުގައިވެއެވެ.

މުއްދަތުތައް ކަނޑައެޅުމުގައި މުއްދަތެއް ދިނުމަށް ލާޒިމް ކުރިނަމަވެސް، އެއީ 36 މަހަށް ވުރެ ދިގު މުއްދަތަކަށް ވެގެން ނުވާނެއެވެ.

ވަޒީފާއާއި ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭ އަދަދަކީ އެއްލަކައެވެ. އަދި އެއް ގައުމަކުން ތިބި މީހުންގެ އަދަދު އެއަށް ވުރެ ގިނަވާނަމަށް ބިދޭސީން މަދު ކުރުމަށް ފިޔަވަޅު އެޅުމަށް ގާނޫނުން ލާޒިމްކުރެއެވެ.

ރާއްޖޭގައި ތިބި ޖުމްލަ ބިދޭސީންގެ އަދަދު މިހާތަނަށް ދެނެގެނަވިފައި ނުވާއިރު، މާލޭގެ ސަރަހައްދުގައި އެކަނި ވެސް ލައްކައަކަށް ވުރެ ގިނަ ބިދޭސީން އުޅޭކަމަށް ލަފާކުރެވެ އެވެ. އަދި ބަންގްލަދޭޝް މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރަ އެވެ.

ގިނަ ބިދޭސީން ރާއްޖޭގައި އުޅެމުން އަންނަނީ، ގަވައިދާއި ހިލާފަށްކަމަށް ވެފައި އެ މީހުންގެ އަތުގައި ކާކުކަން އަންގައިދޭ އެއްވެސް ލިޔެކިއުމެއް ނެތެވެ. ކުރީ ސަރުކާރުން ވެސް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށާފައިވަނިކޮށް އެއަށް މަޑުޖެހުމެއް އައީ ކޮވިޑު-19 ގެ ސަބަބުންނެވެ. އޭގެ ފަހުން މި ސަރުކާރުން ވަނީ އޮޕަރޭޝަން ކުރަނގީގެ ނަމުގައި ޕްރޮގްރާމެއް މުޅި ރާއްޖެއަށް ފުޅާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: